ޚަބަރު

ރޭޕްގެ ކުށް ސާބިތުވި މައްސަލަ: ތަހުގީގު ޓީމަށް ޕޮލިސް ކޮމިޝަނަރގެ ތަޢުރީފު

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުޑަކުއްޖަކު ރޭޕްކުރި މީހަކަށް 40 އަހަރުގެ ޖަލު ޙުކުމެއް އިއްވި މައްސަލައިގައި ތަހުގީގު ޓީމު ކުރި މަސައްކަތަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ތަޢުރީފް ކުރައްވައިފިއެވެ.

Ads by Sosun Fihaara

ހަމީދު ކުރެއްވި ޓުވީޓެއްގައިވަނީ އޭނާގެ މައްޗަށް ކުށްސާބިތު ކުރެވިގެން މިދިޔައީ ލ. ގަން ޕޮލިސް ސްޓޭޝަންގެ ސީނިއަރ ސަރޖަންޓް ހަސަން އާދިލް ކުރިއަށް ގެންދިޔަ ރަނގަޅު ތަހުގީގުގެ ސަބަބުން ކަމަށެވެ.

އަދި މިކަމުން އެނގިގެން ދިޔައީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައިގަނެ އެކަމާއި ދެކޮޅަށް ފުލުހުން ފުލުހުން ކުރާ މަސައްކަތް ކަމަށް ހަމީދު ވިދާޅުވިއެވެ.

ކުޑަކުއްޖަކު ރޭޕްކޮށް، އެ ކުއްޖާގެ ބަރަހަނާ މަންޒަރުތައް ރެކޯޑްކުރުމުގެ ކުށް ސާބިތުވެފައިވަނީ ލ. ކަލައިދޫ، މާކަރީލައިޓް، މުޙައްމަދު ޝަޒްލީފްގެ މައްޗަށެވެ.

ދައުލަތުން ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު، ޢުމުރުން 17 އަހަރުގެ ކުއްޖާ ލ.ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނަގާފައިވާކަމަށެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާކަމަށެވެ. އަދި ކުޑަކުދިންނަށް ޖީންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށެވެ.

އެކަމަކު އޭނާ ބަންދުގައި ދެ އަހަރާއި 1 މަހާއި 14 ދުވަސް ހޭދަކޮށްފައިވާތީ ހުކުމުގެ މުއްދަތުގެ އެ ބައި ވަނީ އުނިކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!