ޚަބަރު

ރައީސް ޞާލިޙާ ރައީސް ނަޝީދު ދެކޮޅުވީ ޕަޕެޓަކަށް ނުވީމަ: މަޙްލޫފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރޭގެ ޖަލްސާގައި މަޙްލޫފް ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ދެކޮޅަށް އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދު ނިކުމެ ވަޑައިގަތީ އެމަނިކުފާނުގެ ޕަޕެޓަަކަށް ރައީސް ޞާލިޙްވެވަޑައިނުގަތުމުން ކަމަށް މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އާޓީފިޝަލް ބީޗްގައި ރޭ ކުރިޔަށްދިޔަ ރައީސް ޞާލިޙްގެ ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޙްލޫފް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާ ވާދަކުރައްވާ ރައީސް މުޙައްމަދު ނާޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"މައްސަލައަކީ ވިދާޅުވާހާ ގޮތަކަށް ޕަޕެޓެއްހެން ވެރިކަން ކުރަމުން ނުގެންދިއުން. މައްސަލައަކީ ވެރިކަން ރައީސް ޞާލިޙަށް ދެއްވީވެސް ތިމަންނާ އެކަނިކަމަށާއި، ވެރިކަމުން ބާލާނީވެސް ތިމަންނާ އެކަނިކަމަށް ގަބޫލުކުރެވޭ ކުރެވުން." މަޙްލޫފް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައަކަށްވީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ނުކުރެއްވުން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

"މައްސަލައަކީ ރާއްޖޭގެ ކުޑަ ރަށެއްގެ ރައްޔިތަކު، ބޭފުޅަކު އައިސް މިއަދު ރާއްޖޭގެ ވެރިކަން ކުރާތީ. ހަމައެކަނި މާލޭ މީހުން ކުރަން އޮތް ކަމެއް ނޫނޭ އިނގޭތޯ ވެރިކަމަކީ. މައްސަލައަކީ ވަކި ބޭފުޅަކު ވިދާޅުވާ ގޮތަށް ކެބިނެޓާއި ސިޔާސީ ހުރިހާ މަގާމްތަކަށް މީހުން އައްޔަނު ނުކުރުން."

މަޙްލޫފްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެކަމަށް މިއަދު އިޚްތިޔާރު ކުރާ މަގު ގޯސް ކަމަށެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނުގެ ކެންޕެއިންޓީމުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

"ޕްރައިމަރީ ކާމިޔާބު ނުކުރެވިއްޖެ ނަމަ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރާނެ ވާހަކައާއި ނޫންނަމަ ގޮސް ހުންނަވާނީ ގޭގައި ކަމަށް ވިދާޅުވާ ވާހަކައަކީ، އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީއާ ބީރަށްޓެހި ވާހަކައެއް ކަމަށް" މަޙްލޫފް ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗްގައި އޮތް ޖަލްސާއަށް ގިނަ ބަޔަކު ވަނީ ހާޒިރުވެފައެވެ.

Ads by HDC
  1. ސޭކުސްތާން

    މާދަމާހެނދުނު 9.30 ގަ މަޚްލޫފްގެ ޝަރީޢަތުގެ އަޑުއެހުމެއް އެބައޮތް؟؟؟ [މާދަމާއަށް ތާވަލްކުރި،،މަޚްލޫފްގެ ޝަރީޢަތް ކެންސަލް] މިއީ ސަރުކާރާ، ކޯޓްތަކުގެ ޙާލަތު”ކީއްކުރާނީދޯ؟