މިހާރުގެ ހާލަތަށް ބޭނުންވާ ވަރަށް ސިއްހީ ވަސީލަތް އެބަހުރި: އަމީން
ރާއްޖޭގެ މިހާރުގެ ޙާލަތަށް ބޭނުންވާ މިންވަރަށް ސިއްޙީ ވަސީލަތްތައް އެބަހުރިކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މަޖިލީހަށް ޙާޒިރުކުރައްވާ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، ރާއްޖޭގެ ޙާލަތަށް ބަލައި ސިއްޙީ ވަސީލަތްތައް ހޯދުމަށް ލިސްޓެއް ތައްޔާރު ކުރެވުނުކަމަށާއި، އެ ލިސްޓްގައިވާ ވަރަށް ގިނަ ތަކެތި މިހާރު ލިބިފައި ވީނަމަވެސް އަދިވެސް ހުރިހާ ވަސީލަތްތައް ހަމަނުވާކަމަށެވެ.
އަމީން ވިދާޅުވީ ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން މިތަކެތި ހަމަކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް، ހާލަތަށް ބަލާއިރު ރައްޔިތުންނަށް މިވަގުތަށް ބޭނުންވާ މިންވަރަށް ސިއްޙީ ވަސީލަތްތައް ހުރިކަން ކަށަވަރުކޮށްދޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ނޭޝަނަލް ރިކުއަމަންޓްގެ ލިސްޓެއް ހެދި އެލިސްޓްގައި ހުރި ވަސީލަތްތައް ހެދުމުގެ މަސައްކަތްފަށާ އެ ހުރިހާ ވަސީލަތްތައް ހަމަކުރެވިފައެއްނުވޭ. ނަމަވެސް އެޢަދަދަށް ތަކެތި ހަމަކުރުމަށް އެޙާލަތަށް އަންނަ ބަދަލާއި ގުޅިގެން އަވަހަށް ކުރަންޖެހޭ ކަންކަން ކުރަމުންދަނީ. ވެންޓިލޭޓަރުވެސް އެންމެ ފުރަތަމަ ރިކުއަރކުރި ޢަދަދަށް ހަމައެއްނުވޭ. އެހެން ވަސީލަތްތައްވެސް އެ އަދަދަށް ހަމައެއްނުވޭ. ވަސީލަތްތައް ހޯދުމުގަ ގޮންޖެހުންތަކެއް ދިމާވި. ނަމަވެސް މިވަގުތު މިހާރު އޮތްޙާލަތަށް ބޭނުންވާ ވަރަށް އަޅުގަނޑުމެންގެ އަތުގައި ވަސީލަތް އެބަހުރި." މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއަހަރު ސިއްޙީ ދާއިރާއާއި ކުރިމަތިލީ ވަރަށް ބޮޑު އުއްމީދަކާއެކުކަމަށާއި، ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. ނަމަވެސް އެމަސައްކަތްތައް ފަށައިގަނެ އެތައް ވަސީލަތްތަކެއް ރާއްޖެ ގެނެވިފައިވަނިކޮށް ކޮވިޑްގެ ޙާލަތާއި ބައްދަލުކުރުމުން ވަަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެގޮތުން ވަސީލަތުގެ ގޮތުންނާއި ސިއްޙީ މަރުކަޒަށް ބޭނުންވާ ފަންނީ މީހުން ހޯދުމުގައިވެސް ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރިކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ކޮންތާކްތޯ އެފެސިލިޓިީސް ހުރީ؟
ްވިދާޅުވީމާ ހުންްނަކަމަށްވަންޏާ ހުރެދާނެ ތޯއްޗެއ.