އެގޮތުން ނައިބު ރައީސް ފައިސަލް ވަނީ މިއަދު އެރަށަށް ޒިޔާރާތްކުރައްވައިފައެވެ. މީގެ ކުރިންވެސް ނައިބު ރައީސް ވަނީ ކުޑަގިރި ޕިކްނިކް އައިލެންޑަށް ޒިޔާރަތް ކުރައްވާ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ.
އެނގިފައި ވާ ގޮތުން އަންނަ ހުކުރު ދުވަހު އެރަށް ހުޅުވާނެއެވެ.
ކުޑަގިރި ޕިކްނިކް އައިލޭޑް ތަރައްޤީ ކުރަމުން ދަނީ އާންމުން ބޭނުން ކުރުމަށްޓަކައި ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. އޭގެތެރޭގައި ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި، އާންމުން ބޭނުން ކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި، މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އަދި އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް ހިމެނެއެވެ. ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މިދިޔަ ޖުލައި 26 ގައި ކުޑަގިރި ހުޅުވާށެވެ. ނަމަވެސް މަސައްކަތްތަކެއް ހުރި ކަމަށް ބުނެ، ކުޑަގިރި ހުޅުވުން ފަސްކޮށް، މިހާރު އަންނަ ހުކުރު، ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގައި ހުޅުވާކަން ވަނީ އެނގިފައެވެ.