މުނިފޫހިފިލުވުން ދިވެހި ސިނަމާ

"އެހެނަސް" އަކީ 18 އަހަރުން މަތީގެ މީހުން ބެލުމަށް އުފައްދާފައިވާ ވެބްސީރީޒެއް- ރިޝްމީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ފިލްމީދާއިރާގެ ޚަބަރުތަކަށް ބަލާލާއިރު މިދުވަސްކޮޅު އެންމެ ގަދަޔަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަޙުމަދު އިޤްބާލު (އައިކިޔު) ލިޔެ ޕްރޮޑިއުސް ކޮށްފައިވާ ވެބްސީރީޒް "އެހެނަސް" ގެ މަންޒަރެއް ހިމެނޭ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކައެވެ.

Ads by STELCO

ތިރީސް ސިކުުންތުގެ އެކްލިޕުގައި ސީރީޒްގެ އެއް ލީޑް އެކްޓްރެސް އައިޝަތު ރިޝްމީ ބޭނުން ކޮށްފައިވާ ޑަޔަލޮގުތަކަށް ވަރަށް ގިނަ ބެލުންތެރިން ވަނީ ފާޑުކިޔާ ނުރުހުން ފާޅު ކޮށްފައެވެ. ގިނަ މީހުން ބުނެފައިވާ ގޮތުގައި އެއީ އާއްމު އަޚްލާގީ މިންގަނޑާއި ޚިލާފު، ފާހިޝް ވާހަކަތަކަކަށް އަލި އަޅުވާލާފައިވާ ޑަޔަލޮގެކެވެ. އަދި އެއީ އާއިލާއެއްގެ ތެރޭގައި ބަލަން ނުވާވަރުގެ ސިރީޒެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. އަދި ރިޝްމީގެ ކެރެކްޓަރާއި ބެހޭގޮތުން ވެސްް ގިނަ ބަޔަކު ވަނީ އިނގިލި ދިއްކޮށް ނުރުހުމުގެ ބަސްތައް އަމާޒު ކޮށްފައެވެ.

މީހުންގެ އެފަދަ ބަސްތަކަށް ޖަވާބު ދެމުން ރިޝްމީ މިއަދު ފޭސްބުކް މެދުވެރިކޮށް ބުނެފައިވަނީ އޭނާއަކީ އާއްމުންނަށް ދަންނަ މޫނަކަށް ވާތީ، އަބަދުވެސް އެންމެ އިސްކަމެއް ދީފައިވާނީ އަޚުލާޤީ މިންގަނޑު ދެމެހެއްޓުމަށް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ކުރިއަށްދާނީ އެގޮތަށް ކަމަށެވެ. އަދި އޭނާ އާއްމުންގެ ތެރޭގައި އުޅޭ ގޮތާއި އުޅުން ބަހައްޓާ ގޮތަކީ އޭނާގެ އަސްލު ޕާސަނަލިޓީ ކަމަށާއި އެކްޓު ކުރާއިރު އެފެންނަ ފެނުމަކީ ހަމައެކަނި އޭނާ ކުޅެފައިވާ ރޯލެއް ކަމަށް ވެސް ރިޝްމީ ބުނެފައިވެއެވެ.

"އެހެނަސް" އަކީ (ހަމައެކަނި ފޯނުން ބޭނުން ކުރެވޭ) ބައިސްކޯފަށް ހަދާދީފައިވާ ވެބްސީރީޒެއް ކަމަށާއި އަދި އެއީ ސަބްސްކްރައިބް ކުރުމުން ނޫނީ ނުބެލޭނެ ޕްރީއަމް ކޮންޓެންޓެއް ކަމަށް ވެސް ރިޝްމީ ބުނެފައިވެއެވެ.

"މިއީ 18 އަހަރުން މަތީގެ މީހުންނަށް އުފައްދާފައިވާ ވެބްސީރީޒެއް. އަދި ކޮންމެ އެޕިސޯޑެއް ފެށުމުގެ ކުރިން އޭގެން ދައްކާ ބައެއް މަންޒަރުތަކުގެ ސަބަބުން ބައެއް މީހުންނަށް އަސަރު ކޮށްފާނެ ކަމަށް އިންޒާރެއް ވެސް ވާނީ އަރުވާފަ. މިސީރީޒްގައި ދައްކުވައި ދެނީ ޒުވާން ފިރިހެނަކަށް ކުރިމަތިވާ ގިނަ ކަންތައްތަކެއް. އާއްމު ދިރިއުޅުމުގައި ވެސް ދިމާވެފައިވާ ވަރަށް ގިނަ ކަންތައްތަކަކަށް ލިޔުންތެރިޔާ އައިކިޔު މިސީރީޒްގައި އަލިއަޅުވާލާފައިވާނެ. ބޭނުމަކީ މުޖުތަމައު ހޭލުންތެރި ކުރުވުމަށް މިސީރީޒްގެ އަލީގައި މެސެޖެއް ދިނުން" ރިޝްމީ ބުނެފައިވެއެވެ.

މީގެއިތުރުން ރިޝްމީ ބުނީ މިސީރީޒު 18 އަހަރުން މަތީގެ މީހުންނަށް ހަދާފައިވަނީ ސަބަބެއް އޮވެގެން ކަމަށާއި ޓީވީތަކުން ނުފެންނާނެ "އެހެނަސް" ހަމައެކަނި ފެންނާނީ ވެސް ފޯނުން ބައިސްކޯފު މެދުވެރިކޮށް ކަމަށެވެ.

"އެހެނަސް" އަކީ ބައިސްކޯފުގެ އެއްޗަކަށް ވީހިނދު މިފަދައިން އޭގެ ވީޑިއޯތައް ރިކޯޑުކޮށް މީސްމީޑިއާގައި އާއްމު ކުރުމަކީ ޤާނޫނީ ގޮތުން ކުށެއްކަން ވެސް ރިޝްމީ ފާހަގަ ކޮށްފައިވެއެވެ.

 

Ads by HDC
  1. ސަންފަ

    ޅަދަރިން މިބަލަންޏާ އެއީ މައިންބަފައިންގެ މައްސަލައެއް. ޔޫއްޕެމެން ފިލްމުތަކުގަ ހަޔާތް ގޮވިއަސް އޯކޭ. ގުދޯ ގުދޯ. ބަލަން ބޭނުން ނެތިއްޔާ ނުބަލާ އިނގޭތޯ. ޝުކުރިއްޔާ.

  2. 18 އަހަރު ވާހާމީހުން އުޅެނީ މީހުންނާއިދެގެންތަ ؟ 18 އަހަރުވެފަ ތިބޭހާބަޔަކު ތިހޭލުންތެރި ކަމުން ފިލާވަޅު ނަގަން ބޭނުން ވެ އެކަން ކަންއާއްމު ވެއްޖެނަމަ އެކަމެއްގެ ޒިންމާތިބަޔަކު އުފުލާނެތަ . ؟

    • އަސާރަ

      18 އަހަރުވީމަ އެހެރީ މީހަކާ އިންނަވަރު ވެފަ
      18 އަހަރު ވީމަ ނޭގޭ އެއްކަމެއްވެސް ނޯންނާނެ. ފާޑު ފާޑުގެ އިނގިރޭސި ސީރީޒް ބަލން އޯކޭ ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް ކޮންމެ ފަދަ ކަމެއް ކުރިޔސް ދޯ

  3. ޝީން

    18 މަތި ވީމަ ލެއްވިހާ އަވަގުރާނައެއް ގޮވީމަދޯ. މީތި ހުއްޓުވަން ޕެޓިޝަނެއް ހުށައަޅަންވީ ލަސްނުކޮށް

    • އޭނަ

      ސެންސަރ ބޯޑުން ހުއްދަ އެދިނީ ކީއްވެތޯ ސުވާލުކޮއްބަލަ ފުރަތަމަ!

  4. ބަލަ މިއަކީ އިސްލާމީ މުޖުތަމައެއް ކަންވެސް ހަނދާން ނެތުނީތަ ހިތައް އެރިހާ ކަމެއް ތިހިރަގެން ތިބެ ތި ކުރަނީ. . މި މީހުން ގުއި ތަފާލެއްގަ ދަނޑިން ތަޅާތަން ކެމެރާ ކޮށްފަ އެ އާންމު ކޮށްފަ ވެސް ބުނާނީ އެއަކީ ފަންނު ވެރިކަމޭ. . . . މި ކުދިއްނަށް ހެޔޮ ވިސްނުން ދެއްވާތޯ ދުޢާ ކުރަން!!!

  5. ސާރީ

    ރިސްމީ ކަލޭ ދެން ސީރީޒެއްގަ އޮރިޔާން މަންޒަރު ތަކެއް ކުޅެފަ ބުނާނީ މީ18 އަހަރުން މަތީގެ މީހުން ބަލާށޭ ދޯ