ޚަބަރު

މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ އަދަދު އިތުރު ކުރަން ނިންމަވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލެ ސަރަހައްދުން ދޫކުރަން  ނިންމި ގޯތީގެ އަދަދު އިތުރުކުރުމަށް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މިކަން ހާމަކުރައްވައިފައެވެ. އެ މަނިކުފާނު މިއަދު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20،697 އެޕްލިކޭޝަން ހުށަހެޅި ކަމަށާއި، ގޯތި ހޯދުމަށް 15،164 އެޕްލިކޭޝަން ހުށަހަޅައިފައިވާ ކަމަށެވެ.

"މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ. ކުރިން ދޭނެ ކަމަށް ދެންނެވި އަދަދަށް ވުރެ ، މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ،"

ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހި ކަމަށް ހުޅުވާލުމަށް ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި އެޕްލިކޭޝަންތައް މިހާރު އަންނަނީ ޕްރޮސެސް ކުރަމުން ކަމަށާއި، މި އަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ދެއްވާނެ ކަމަށެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަނެއް ކޮމްޕޯނަންޓަކީ ހައުސިން ލޯނު ކަމަށެވެ. އަދި ހުސްވި ޖެނުއަރީގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނު ކަމަށާއި، އޭގެ 55 އިންސައްތަ ލޯނު މިހާރު ވަނީ އެޕްރޫވް ކުރެވިފައި ކަމަށް ވިދާޅުވިއެވެ.

އަދި 249 ފަރާތަކާއެކު ލޯނު އެއްބަސްވުމުގައި ސޮއި ކުރެވިއްޖެ ކަމަށްވެސް ވިދާޅުވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!