ބޮލީވުޑް މުނިފޫހިފިލުވުން

އަހަންނަށް ފާރަލާނަމަ ގެއަށް ވަދެ ތަޅާނަން: ކަންގަނާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަތަލާ ކަންގަނާ ރަނައުތު

ބޮލީވުޑްގެ ދެ ތަރިއަކު ފާރަލާ ކަމަށާއި އިތުރަށް ފާރަލާނަމަ ގެއަށް ވަދެ ތަޅާނެކަމަށް ބަތަލާ ކަންގަނާ ރަނައުތު ބުނެފި އެވެ.

Ads by STELCO

ކަންގަނާއަކީ ސޯޝަލް މީޑިއާގައި އެކަށީގެންނުވާ ބަސްމަގު ގެންގުޅެ މީހުންނާއި ދިމާއަށް އެކި ޒާތުގެ ވާހަކަތައް ގޮވައިގެން މީގެ ކުރިންވެސް ހޫނު ފެނަށް ވެއްޓުނު ތަރި އެކެވެ. އޭނާ ބުނާގޮތުން ބޮލީވުޑްގައި އަށަގެންފައި އޮތް ގާތް މީހުންނަށް މޮޅު ގޮތް ވުމުގެ ސަގާފަތް ނައްތައިލަން ޖެހެއެވެ. އޭނާ ވަކާލާތު ކުރަނީ އެކަމާއި ދެކޮޅަށެވެ.

ދާދި ފަހުން ކަންގަނާ ވަނީ ބޮލީވުޑްގެ ދެ ތަރިއަކު އޭނާއަށް ފާރަލާކަމަށް ބުނެފައެވެ. އެ ދެމީހުންގެ ނަން ހާމަ ނުކުރިނަމަވެސް އެމީހުން ކައިވެނިކުރިތާ މާގިނަ ދުވަސް ނުވާނެ ކަމަށާއި ދަރިއަކުވެސް ހޯދީ ދާދި ފަހުން ކަމަށް ކަންގަނާ ބުންޏެވެ. އޭނާގެ ތުހުމަތުގެ އިނގިލި ދިއްކުރަނީ ބަތަލާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަށްކަމަށް ބެލެވެ އެވެ.

ކަންގަނާ ބުނާ ގޮތުގައި އާލިއާގެ ބައްޕަ މަހޭޝް ބަޓަކީ ބޮލީވުޑް ތެރޭގައި މާފިއާއެއް ހިންގާ މީހެކެވެ. އަދި އާލިއާއަށް ނެޕޮޓިޒަމްގެ އިނގިލިވެސް ކަންގަނާ ދިއްކުރެ އެވެ.

އިއްޔެ ކަންގަނާ އިންސްޓަގްރާމުގައި އަނެއްކާވެސް މިކަމާއި ގުޅޭގޮތުން ލިޔުނެވެ. ބުނީ މިހާރު ފާރަލާކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށެވެ. އެހެންނަމަވެސް ކުރިން ފާރަލި މީހުންނަށް ބުނަން ބޭނުންވާ ވާހަކައެއް އޮތްކަމަށް ކަންގަނާ ބުންޏެވެ.

"ފޮރުވިގެން އުޅެން ފަސޭހަވެދާނެ. އެކަމަކު އެމީހުން ކައިރީ ބުނެލަން އޮތީ އަހަންނަކީ ވަރަށް ނުލަފާ މީހެކޭ. ފާރަލާނަމަ ގެއަށް ވަދެ ތަޅާނާން" ކަންގަނާ ބުންޏެވެ.

ފަހަކަށް އައިސް ކަންގަނާއަށް އެހެން ޕްރޮޑިއުސަރުންގެ ފިލްމެއްވެސް ނުލިބެއެވެ. އޭނާ މިހާރު އެކްޓު ކުރަނީ އޭނާ އަމިއްލައަށް އުފައްދާ ފިލްމުތަކުގައެވެ. ކަންގަނާ އެންމެ ފަހުން ފެނުނީ ފިލްމު "ދާކަޑް" އިންނެވެ. މިފިލްމު ބޮކްސް އޮފީހުގައި ނުހިނގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!