Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ޞާލިޙު ކުޑަގިރި ހުޅުވައިދެއްވައިފި

ރައީސް ޞާލިޙު ކުޑަގިރި ހުޅުވައިދެއްވައިފި

މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިޔުމަށް ޚާއްސަކޮށް، ސަރުކާރުން ތަރައްޤީ ކުރި "ކުޑަގިރި" މިއަދު ހުޅުވައިފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން، އެ ރަށް ހުޅުވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ނައިބު ރައީސް ފައިސަލް ނަސީމާއި، ދަޢުލަތުގެ ވަޒީރުންނާއި، އެޗްޑީސީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް ޚާއްސަކޮށްގެން ހިއްކައިގެން ތަރައްޤީ ކުރި ކުޑަގިރި ހުޅުވާނެ އިރަކަށް އެތައް ބަޔަކު އައީ އިންތިޒާރުކުރަމުންނެވެ.

Advertisement
Allied Insurance — Square (box)

މާލޭން ލޯންޗެއްގައި ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް ކުޑަގިރި އަކީ ދަތުރުދާ މީހުންނަށް ބޭނުންވާ މައިގަނޑު ހުރިހައި ވަސީލަތްތަކާ އެކީ ހަދައިފައިވާ ރަށެކެވެ.

 

[caption id="attachment_176339" align="alignnone" width="1280"]<img class="size-full wp-image-176339" src="https://cdn.dhen.mv/wp-content/uploads/2023/02/ސފސފ.jpg" alt="" width="1280" height="853" /> މިއަދު ކުޑަގިރި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ދެން[/caption]

މި ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއް ވެސް ހަދާފައިވެއެވެ. ރަށް ބަލަހައްޓާ އޮފީހަކާއި މިސްކިތާއި ފާޚާނާބަރިއަކާއި، ކެފޭ އާއި ފިހާރަ އަދި ހަޓުތަކާއި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް މި ރަށުން ލިބެން ހުންނާނެއެވެ.

500 މީހުންގެ ޖާގައިގެ މި ރަށް ތަރައްޤީ ކުރީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެންނެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯއެވެ.

ޕްރައިވެޓް ރޫމްތަކާއި ހަޓްތައް ހުންނަ މި ރަށަށް އެންމެ ފުރަތަމަ ބުކިންއަށް ހުޅުވައިލީ 300 މީހުންގެ ޖާގައެވެ. ބުކިންއަށް ހުޅުވައިލިތާ 5 ގަޑިއިރުގެ ތެރޭގައި 300 ޖާގަވެސް ވަނީ ފުލް ވެފައެވެ. ކުޑަގިރިއަށް ޚާއްސަ އެޕާއި ވެބްސައިޓުންވެސް، އެރަށާ ގުޅޭ އިތުރު މަޢުލޫމާތުތައް ހޯދޭނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް