Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުޑަގިރީގެ އެންމެ ބޮޑު ބޭނުމަކީ ދުޅަހެޔޮ، ބަދަހި މުޖްތަމައުއަކަށް މަގުފަހި ކުރުން: ރައީސް ޞާލިޙު

ކުޑަގިރީގެ އެންމެ ބޮޑު ބޭނުމަކީ ދުޅަހެޔޮ، ބަދަހި މުޖްތަމައުއަކަށް މަގުފަހި ކުރުން: ރައީސް ޞާލިޙު
ކުޑަގިރި ޕިކްނިކް އައިލެންޑްގެ އެންމެ ބޮޑު ބޭނުމަކީ، ދުޅަހެޔޮ، ބަދަހި މުޖްތަމައު އަކަށް މަގުފަހި ކުރުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙު މިހެން ވިދާޅުވެފައިވަނީ މިއަދު ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙު ވަނީ ޤައުމެއް ކުރިއަރާނީ އެ ޤައުމެއްގެ ރައްޔިތުންނަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ ބަޔަކަށް ވެގެން ކަމަށެވެ. ރައީސް ވިދާޅުވީ ދިވެހީންގެ ދިރިއުޅުމާ ގުޅި ލާމެހިފައިވަނީ ޖަޒީރާ ރަށްތަކުގެ ހިތްހަމަޖެހުމާއި އަމާންކަން ކަމަށާއި، މޫދަކީވެސް ދިވެހީންނާ ވަރަށް ގުޅުން ހުރި ތަނެއް ކަމަށެވެ. ރާއްޖޭގެ ގިނަ ރަށްރަށުން މި ހިތްހަމަޖެހުން ލިބުނަސް، ވެރިރަށް މާލޭގެ ރައްޔިތުންނަށް މި އުފާވެރިކަން މަހުރޫމްވެ، ގެއްލިފައިވާތާ އެތައް ދުވަހެއް ވަނީ ވެފައި ކަަމަށެވެ.
"މާލެއަށް މީހުން ހިޖުރަކޮށް، ފުރި ބަންޑުން ވެއްޖެ. މާލޭގެ ރަައްޔިތުންނަށް، މި ގޮނޑުދޮށްތަކުގެ ހިތްހަމަޖެހުމާ، އުފާވެރިކަން ނުލިބޭތާ އެތައް ޒަމާނެއް ވެއްޖެ. އަޅުގަނޑު މާލޭގައި ދިރިއުޅެން ފެށިތާ 50 އަހަރު ވަނީ. އޭރު ވެސް، މާލެއަކުން މި ގޮނޑޮދޮށްތަކުގެ ހިތްހަމަޖެހުމެއް ނުލިބޭ."
ރައީސް ވިދާޅުވީ ކުރިން މާލޭގެ ރައްޔިތުން ދަތުރު ދިޔައީ ކުޑަބަނޑޮހަށް ކަމަށާއި، ނަމަވެސް މީގެ 10 ވަރަކަށް އަހަރު ކުރިން އެ ރަށް ރައްޔިތުންގެ އަތުން އަތުލައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކުޑަގިރި ޒަމާނީ ފެންވަރަށް ތަރަައްޤީ ކުރެވިފައިވިޔަސް، އެ ރަށަށް އަދިވެސް ރައްޔިތުން ބޭނުންވާ ބަދަލުތައް އަންނާނެކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ. ރައީސްގެ ވާހަކަފުޅުގައި ކުޑަގިރި ތަރައްޤީ ކުރުމުގެ މަސައްކަތުގައި ސަރުކާރުގެ ކުންފުނިތަކާއި، ނައިބު ރައީސް ފައިސަލް ނަސީމާ ރައީސް އޮފީހުގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި، ޝުކުރު އަދާ ކުރެއްވިއެވެ. ރައީސް ވިދާޅުވީ ކުޑަގިރި އަކީ އާއިލާގެ މީހުން އަންނާނެ ރަށެއް ކަމަށާއި، މި ރަށަކީ އެންމެންނަށް ހަމަޖެހިލައިގެން ޗުއްޓީ ހޭދަ ކުރެވޭނެ ރަށަކަށް ހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް