Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ފަރިތަ ވާނީ ރިބަން ކަނޑަން، ބިންގާ ނާޅުއްވާނެ: ސައީދު

ރައީސް ފަރިތަ ވާނީ ރިބަން ކަނޑަން، ބިންގާ ނާޅުއްވާނެ: ސައީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަކީ ބިންގާ އަޅުއްވާ ބޭފުޅެއް ނޫން ކަމަށާއި، ރިބަން ކަޑުއްވަން ފަރިތަ ބޭފުޅެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ. ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ކުޑަގިރިއަކީ މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ރައީސް ޞާލިޙް ހޯއްދަވައިދެއްވި އަގުބޮޑު ނިއުމަތެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ކަންކަން ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. "ތަކުރާރުކޮށް އެތައް ފަހަރަކު އަޅުގަނޑަކީ ރައީސް އަރިހުން އެދޭ މީހެއް، އެތައް ފަހަރަކު ބިންގާ އަޅަން. އެކަމަކު އަބަދުވެސް އިންކާރު ކުރައްވާ. އެމަަނިކުފާނަކީ އަބަދުވެސް ރިބަން ކަޑުއްވާ ބޭފުޅެއް. އެމަނިކުފާނު ފަރިތަވީ ވެސް ކަތުރުން ރިބަން ކަޑުއްވަން" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކުޑަގިރި ފަރުމާކޮށްފައިވަނީ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާ ފާގަތިކަން ގެނެސްދެވޭނެ ރަނގަޅު މާހައުލެއް ދެމެހެއްޓޭނެ ގޮތަށް ކަމަށާއި، ކޮންމެ މަހަކު ކަހަލަގޮތަކަށް ރައީސް އެ ރަށަށް ވަޑައިގެން، އަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި ކުޑަގިރީގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ރައީސް ގާތުން ބައްލަވަމުން ގެންދެވި ކަމަށް ވެސް ވިދާޅުވިއެވެ. ސައީދުގެ ވާހަކަފުޅުގައި މިފަދަ ރައީސެއް ދެވަނަ ދައުރަށް ނުގެނެވޭނަމަ އެއީ ލިބޭނެ އެންމެ ބޮޑު ހިތާމަ ކަމަށް ވިދާޅުވެ، ދެވަނަ ދައުރެއް ރައީސް ޞާލިޙަށް ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް އެކަހެރި ކުރަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތްކަމަށް ވިދާޅުވެ، ސައީދު ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީހުން އެކަން ކުރަނީ ހަމައެކަނި ޒާތީ ހަސަދަވެރިކަމުގެ ސަބަބުން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް