ބޮމުގެ ހަމަލާއެއްގައި އަވަހާރަކޮށްލަށް ފުރުސަތުދިނީ މި ސަރުކާރުން: އިންތި
މީގެ ކުރިން ރައީސް ނަޝީދަށް އަނިޔާވެރިވީ އެތައް ސަރުކާރެއް އައި ނަމަވެސް ބޮމުގެ ހަމަލާއެއްގައި އެމަނިކުފާނު އަވަހާރަކޮށްލަށް ފުރުސަތު ދިނީ ރަައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިފުރުސަތު ދީފައިނުވާކަމަށެވެ.
"މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިފުރުސަތު ދީފައެއް ނުވޭ." އިންތި ވިދާޅުވީ، ރައީސް ނަޝީދަށް އަނިޔާވެރިވީ ވަރަށް ގިނަ ސަރުކާރުތަކެއް އައި ކަމަށާއި ނަމަވެސް ބޮމުގެ ހަމަލާއެއްދީ އަވަހާރަކޮށްލަން ފުރުސަތު ދީފައިވަނީ ހަމައެނި މި ސަރުކާރުން ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދާއި ދިމާ އިދިކޮޅު ވަރަށް އަނިޔާވެރި ސަރުކާރުތަކެއް އަޅުގަނޑުމެން ދެކެފީމު ޖަލުގެ ކުޑަގޮޅި ދައްކައިފި އަނދަ ގޮނޑި ދައްކައިފި ޓިނު ގޮޅި ދައްކައިފި މިހުރިހާ އަދަބެއް. ބޮމުގެ ހަމަލާއަކުން ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަށް ފުރުސަތު ދިނީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތަކުރާރުކޮށްލަން ބޮމުގެ ހަމަލާއަކުން އަވަހާރަކޮށްލަން ފުރުސަތު ދިނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން"
އިންތި ވިދާޅުވީ އެކަމާއި ދެކޮޅު ހެދޭކަށް ނެތްކަމަށާއި އެމައްސަލަ މިހާތަނަށް ބެލިފައިވެސް ނެތްކަމަށެވެ. އަދި މިމައްސަލައިގައި އެކަކު އިއުތިރާފުވީތީ އޭނާގެ މައްސަލަ ކުރިއަށް ދިޔަ ނަމަވެސް ދެން ތިބި އެއްވެސް މީހެއްގެ ޝަރީއަތްވެސް ކުރިއަށް ނުދާކަމަށެވެ.
މިމައްސަލަ ބެލުމުގެ ޝައުގު ވެރިކަމެއް މިސަރުކާރުގެ ނެތްކަމަށް އިންތި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިމައްސަލައިގައި 241 ކޮމިޓީން ނެރުނު ރިޕޯޓަށް އަމަލު ނުކުރައްވާކަމަށް ވިދާޅުވެ އިންތިވަނީ ސަރުކާރަށް ފާޑުކިޔުއްވާފައެވެ.
ކަލޭވެސް އޭނަވެސް މަވެސް މަރުވާނެ