ޚަބަރު

ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ދޭ ހިދުމަތް އިތުރަށް ރަނގަޅުކުރަން ސާވޭއެއް

ރައުފާ ރަޝީދު ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފެންވަރު ރަނގަޅުކުރަން އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސާވޭއެއް ކުރަން އެޗްޑީސީން ނިންމައިފިއެވެ.

Ads by Hajj Corporation

އެޗްޑީސީން ވިދާޅުވީ މި ސާވޭ ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، ސާވޭއަށް މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައި ވަނީ ފްލެޓްތަކަށް ޒިޔާރަތްކޮށް އޮންލައިން ފޯމެއް ފުރައިގެން ކަމަށެވެ.

މިގޮތުން މި ސާވޭގައި އާމްދަނީ، ހަރަދު، ކޭޝް ކާރޑް އަދި ބޭންކް އެކައުންޓްފަދަ މައުލޫމާތުތައް ނާހާނެކަން ކަމަށާއި، މި ސާވޭއަށް ބޭނުންވާ އިތުރު މައުލޫމާތު ސާފު ކުރަން ޖެހިއްޖެ ހާލަތެއްގައި ގުޅާނީ އެޗްޑީސީގެ ރަސްމީ ނަންބަރުންކަން ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

މީގެއިތުރުން މި ސާވޭގެ މަސައްކަތުގައި ބައިވެރިވާ އެޗްޑީސީގެ މުވައްޒަފުން ތިބޭނީ އެ ކޯޕަރޭޝަންގެ މުވައްޒަފުންކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށްވެސް އެޗްޑީސީން ބުނެ އެވެ. އަދި މި ސާވޭއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ކޯލް ސެންޓަރު 1516 އަށް ގުޅުމުން ލިބޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!