ދުނިޔެ

އެމެރިކާގެ ސަރުކާރުގެ ފޯނާއި ކޮންޕިއުޓަރުގައި ޓިކްޓޮކް ގެންގުޅުން މަނާކުރަން އަމުރެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފެޑެރަލް ޑިވައިސްތަކާއި ސިސްޓަމްތަކުގައި ޗައިނާގެ ހިއްސާ އޮންނަ އެޕް, ޓިކްޓޮކް ނެތްކަން ކަށަވަރު ކުރުމަށް ވައިޓް ހައުސް އިން ސަރުކާރުގެ އިދާރާތަކަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

Ads by Sosun Fihaara

އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް ޑިރެކްޓަރު ޝަލަންދާ ވިދާޅުވީ، ޑިވައިސްތަކާއި ސިސްޓަމްތަކުގައި ޓިކްޓޮކް ބޭނުންކުރުން ނައްތާލައި، އެމެރިކާގެ ޑޭޓާ ރައްކާތެރިކޮށް ބެހެއްޓުމަށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޮންޓްރެކްޓްތައް އެޑްޖަސްޓް ކުރަން ޖެހޭނެ ކަމަށެވެ.

ޓިކްޓޮކުން ބުނީ އެ ކަންބޮޑުވުންތަކަށް ހިތްވަރު ލިބެނީ ދޮގު މައުލޫމާތުގެ ސަބަބުން ކަމަށެވެ. އެމެރިކާގައި 100 މިލިޔަނެއްހާ މީހުން ކޮންމެ ދުވަހަކު ވެސް ޓިކްޓޮކް ބޭނުން ކުރެއެވެ.

މިދިޔަ ޑިސެމްބަރު މަހު ކޮންގްރެސް އިން ވަނީ ފެޑެރަލް މުވައްޒަފުންނަށް ޗައިނާގެ ހިއްސާ އޮންނަ ވީޑިއޯ އެޕް ސަރުކާރު ހިއްސާވާ ޑިވައިސްތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ފާސްކޮށް، އެޖެންސީގެ އިރުޝާދުތައް ނެރުމަށް ބައިޑަންގެ ސަރުކާރަށް 60 ދުވަހުގެ މުއްދަތެއް ދީފައެވެ. މި ވޯޓަކީ ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެންމެ ފަހުން އެޅި ފިޔަވަޅެވެ.

ފެޑެރަލް ޗީފް އިންފޮމޭޝަން ސެކިއުރިޓީ އޮފިސަރު ކްރިސް ޑެރޫޝާ ވިދާޅުވީ މި އިރުޝާދަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ރައްކާތެރިކޮށް، އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ޕްރައިވެސީ ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުން އަންނަ ވައުދުތަކުގެ ތެރޭގައި ހިމެނޭ އިރުޝާދެއް ކަމަށެވެ.

ވޯޓް ނެގުމުގެ ކުރިން ވައިޓް ހައުސް، ޑިޕާޓްމަންޓް އޮފް ޑިފެންސް، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އަދި ސްޓޭޓް ޑިޕާޓްމަންޓް ފަދަ ސަރުކާރުގެ ގިނަ އިދާރާތަކުން ވަނީ ޓިކްޓޮކް ސަރުކާރުގެ ޑިވައިސްތަކުން މަނާކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!