ދުނިޔެ

އަނބިމީހާގެ އާއިލީ ފިހާރައަކަށް ބަޑިން ހަމަލާދީ، މެސީއަށް އިންޒާރު ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފުޓުބޯޅަ ތަރި ލިއޮނަލް މެސީގެ އަނބިމީހާ އެންޓޮނެލާ ރޮކުޒޯގެ އާއިލާގެ ހިއްސާ އޮންނަ ފިހާރައަކަށް ބަޑި ހިފައިގެން ތިބި ދެމީހަކު ހަމަލާ ދީ މެސީއަށް އިންޒާރު ދީފިއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާގޮތުން އެ ގައުމުގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ރޮސާރިއޯގައި ހުންނަ އެންޓޮނެލާގެ ޔުނިކޯ ސުޕަމާކެޓަށް ހަމަލާ ދިން މީހުން އެހަމަލާ ދީފައިވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.

ފުލުހުން ބުނީ ސައިކަލެއްގައި އައި ދެ މީހަކު ރޭ ފަތިހު ޔުނިކޯ ބްރާންޗަކަށް ބަޑީގެ ހަމަލާދީ ކާޑްބޯޑުގައި މެސެޖެއް ޖަހާފައިވާ ކަމަށެވެ އެ މެސެޖުގައި ލިޔެފައި ވަނީ "މެސީ، އަހަރުމެން އެބަ އިންތިޒާރު ކުރަން. ޖާވްކިންއަކީ ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ކަމުން އޭނަ ކަލެއަކަށް އަޅައެއް ނުލާނެ." ކަމަށެވެ.

މިމައްސަލައާއި ގުޅޭ ގޮތުން މެސީ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ރޮސާރިއޯގައި ޕްރޮސެކިއުޓާ ފެޑެރިކޯ ރެބޯލާ ވިދާޅުވީ މި ހާދިސާގެ ސެކިއުރިޓީ ކެމެރާ ފުޓޭޖްތައް ކަމާ ބެހޭ ފަރާތްތަކުން މުރާޖައާ ކުރަމުން އަންނަ ކަމަށާއި މިތަހުގީގަކީ "ޕްރިލިމިނަރީ" ތަހުގީގެއް ކަމަށެވެ. އަދި މިއީ މެސީގެ އާއިލާއަށޤ މިފަދަ އިންޒާރެއް ލިބުނު ފުރަތަމަ ފަހަރު ކަމަށް އޭނާ ބުންޏެވެ.

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ މެސީ އަކީ އާޖެންޓީނާގައި އިހުތިރާމް ލިބިގެންވާ ކުޅުންތެރިއެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!