ދުނިޔެ

މޯދީ ގޮވާލެއްވީ ބައިބައިވުންތައް އެއްފަރާތް ކުރަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖީ20 ގައުމުތަކުގެ ފޮރިން މިނިސްޓަރުން ތަފާތުތައް އެއް ފަރާތް ކުރުމަށް ފަހު ތަރައްގީވަމުންދާ ގައުމުތަކަށް ސަމާލުކަން ދިނުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ގޮވާލައްވައިފި އެވެ.

Ads by Sosun Fihaara

"އަޅުގަނޑުމެން މި ބައްދަލުކުރަނީ ދުނިޔެ ބައިބައިވެފައި އޮތް ވަގުތެއްގައި. މި ކޮޓަރީގައި ނެތް ގައުމުތަކުގެ ހައްގު އަޅުގަނޑުމެން އަދާކުރަން ޖެހޭ،" ދިއްލީގައި އޮތް ބައްދަލުވުމުގައި މޯދީ ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ ޖީ20 ސަމިޓުގެ ރިޔާސަތު ބަލަހައްޓަނީ އިންޑިއާއިންނެވެ. އެ ގައުމުން ބޭނުންވަނީ ތަރައްގީވަމުންދާ ގައުމުތަކުގެ މައްސަލައަށް ސަމާލުކަން އިތުރު ކުރުމަށެވެ.

އެހެން ނަމަވެސް ޔޫކްރެއިން މަައްސަލައިގައި ޖީ20 ގައުމުތަކުގެ މެދުގައި ބައިބައިވުން އެބަ އޮތެވެ.

ރަޝިއާ ކުށްވެރި ކުރަން ޗައިނާއިން ދެކޮޅު ހެދި އިރު، މިދިޔަ ހަފުތާގައި ޗައިނާއިން ވަނީ ޔޫކްރެއިން ހަނގުރާމައަށް ސުލްހަ ގެނެވޭނެ ގޮތުގެ ޕްލޭނެއް އާއްމުކޮށްފަ އެވެ.

މިދިޔަ ހަފުތާގައި ބެންގަލޫރުގައި އޮތް ޖީ20 ފިނޭންސް މިނިސްޓަރުންގެ ބައްދަލުވުމަށް ފަހު ބަޔާން ނެރުމުގައި ވެސް ގައުމުތަކަށް އެއްގަލަކަށް ނޭރުނެވެ.

އެންމެ ފަހުން އިންޑިއާއަށް ޖެހުނީ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ބައްދަލުވުމުގެ ހުލާސާގެ ނަމުގައި ލިޔުމެއް ނެރޭށެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ދިޔައީ ޖީ20 ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި ވެސް ޔޫކްރެއިން މައްސަލައިގައި ހިޔާލު ތަފާތުވުން އޮތެވެ.

ޖީ20 ގައި ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި 19 ގައުމާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!