Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

އަންހެނުންގެ ހައްޤުތައް ކަށަވަރުކޮށްނުދޭ ކަމަށް ބުނެ ޕާކިސްތާނުގައި ބޮޑު ހިނގާލުން ބާއްވައިފި

އަންހެނުންގެ ހައްޤުތައް ކަށަވަރުކޮށްނުދޭ ކަމަށް ބުނެ ޕާކިސްތާނުގައި ބޮޑު ހިނގާލުން ބާއްވައިފި

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަވަނަ ”އޯރަތު މާޗް“ (އަންހެނުންގެ ހިނގާލުން) ޕާކިސްތާނުގެ ބޮޑެތި ސިޓީތަކުގައި ބާއްވައިފިއެވެ.

މި ހިނގާލުމުގައި އެތައްހާސް އަންހެނުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އަހަރުގެ ހިނގާލުން އެއްވަގުތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ވެރިރަށް އިސްލާމްއާބާދާއި އުތުރުގެ ޕަންޖާބު ޕްރޮވިންސްގެ ލާހޯރު އަދި މުލްތާނާއި، ދެކުނު ސިންދް ޕްރޮވިންސްގެ ހައިދަރުއާބާދުގައެވެ.

Advertisement
Allied Insurance — Square (box)

2018 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އޯރަތު މާޗްގައި،  ވަރިކުރުމާއި ޖިންސީ ފުރައްސާރަ ކުރުން ފަދަ އަންހެނުންނަށް ދިމާވާ މައްސަލަތައް ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި މައްސަލަތައް ފާހަގަކުރުމުގެ ގޮތުން ބޭނުންކޮށްފައިވާ ހަރުކަށި ޝިޢާރުތަކާއި ބެނާތަކާއި ބޯޑުތަކުގެ ސަބަބުން، ހިނގާލުމުގެ ބައިވެރިންނަށް ބައެއް މީހުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

ޕާކސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީގައި މި ހިނގާލުން އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ސަލާމަތީ މައްސަލަތަކާ ގުޅިގެން ހިނގާލުމުގެ ހުއްދަ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ނުދިނުމުން އިންތިޒާމްކުރާ ފަރާތްތަކަށް ލާހޯރު ހައި ކޯޓަށް ވެސް ދާން ޖެހުނެވެ. އެއާއެކު ކޯޓުން ވަނީ ފެހި ސިގްނަލް ދީފައެވެ.

މި ހިނގާލުމުގައި ޕާކިސްތާނުގައި ދިރިއުޅެމުން އަންނަ އަފްޣާނިސްތާނުގެ ރެފިއުޖީންވެސް ބައިވެރިވިއެވެ. އެ މީހުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އަންހެނުންގެ ހައްޤުތައް ކަށަވަރުވެފައި ނެތުމެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް