Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މި ރޯދަމަހަށް ކަނޑޫދޫ މިރުހުން މާރުކޭޓް ފުރާލައިފި, ކިލޯއެއް 330އަށް

މި ރޯދަމަހަށް ކަނޑޫދޫ މިރުހުން މާރުކޭޓް ފުރާލައިފި, ކިލޯއެއް 330އަށް

ބާޒާރުގައި ކަނޑޫދޫ މިރުސް ތިޔާގިވެ، މިރުހުގެ އަގު ދަށަށް ގޮސްފިއެވެ..

ބާޒާރުގެ ހުރިހާ ގޮޅިއެއްގައި ހެން ކަނޑޫދޫ މިރުސް ލިބެން ހުރި އިރު މިރުސް ކިލޯއެއް އުޅެނީ 330 ރުފިޔާއަށެވެ. ކޮންމެ ރޯދަ މަހަކާއި ދިމާކޮށް މިރުހުގެ ޑިމާންޑް އިންތިހާއަށް ބޮޑުވެއެވެ. މިރޯދަމަހު އެއްވެސް ދަތި ކަމެއް ނެތި މިރުސް ލިބޭނެކަމަށް މާރުކޭޓު ގޮޅިތަކުގައި ތިބި މީހުން ދަނީ ބުނަމުންނެވެ.

ދިވެހިންގެ ކޮންމެ ކާނާއެއްގައިވެސް މުހިންމު ރޯލެއް އަދާ ކުރާ މިރުސް މިދިޔަ އަހަރު ރޯދަމަސް ފެށުނު އިރު މާރުކޭޓުގައިވަނީ ވަރަށް ތަދު އެއްޗަކަށްވެފައެވެ. މިގޮތުން މިދިޔަ ރޯދަމަސް ފެށުނު އިރު މާރުކޭޓުގައި މަޝްހޫރު ކަނޑޫދޫ މިރުސް ކިލޯއެއް ހުރީ 1200 ރުފިޔާއިން މަތީގައެވެ.

Advertisement
Ooredoo — Square (box)

މީގެއިތުރުން އެސްޓީއޯއިން ރޯދަޔަށް ހާއްސަކޮށްގެން ގެނައި ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގުތައް އިތުރަށްވަނީ ހެޔޮކޮށްފައެވެ. މިގޮތުން ކުރިން ފިޔާ ބަސްތާއެއް ވިއްކީ 170ރ. އަށެވެ. އެކަމަކު މިހާރު އެ އަގު ވަނީ 160ރ. އަށް ތިރިކޮށްފައެވެ. އަލުވި ކިލޯއެއް ކުރިން 250ރ. އަށް ވިއްކި އިރު އޭގެ އަގު މިއަދުން ފެށިގެން ވަނީ 240ރ. އަށް ހެޔޮކޮށްފައެވެ. އަދި ބިސް ކޭހެއް ކުރިން 290ރ. އަށް ވިއްކުމަށް ފަހު މިހާރު އޭގެ އަގު ވެސް ވަނީ 280ރ. އަށް ބަދަލުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް