Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އާޒިމާ މާރިޔާ އަށް: ވަޒީފާއަށް ކުފޫ ހަމަ ނުވާކަން ގަބޫލުކޮށް އިސްތިއުފާދީ

އާޒިމާ މާރިޔާ އަށް: ވަޒީފާއަށް ކުފޫ ހަމަ ނުވާކަން ގަބޫލުކޮށް އިސްތިއުފާދީ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ވަޒީފާއަށް ކުފޫ ހަމަ ނުވާ ކަން ގަބޫލުކޮށް އިސްތިއުފާ ދޭންޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިފަދައިން ވިދާޅުވީ ރައިސް އިބްރާހީމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް އިދިކޮޅު ކޯލިޝަންގެ މުޒާހަރާއެއްގެ ތެރެއިން އިއްޔެ ރޭ ހުރަސް އެޅި މައްސަލާގައި ޑިފެންސް މިނިސްޓަަރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަކީ އަންހެނަކަށްވީތީ އަމާޒުވާ ފާޑުކިޔުންތަކެއްގެ ގޮތުގައި މާރިޔާ އަހުމަދުދީދީ ސިފަ ކުރެއްވުމާއި ގުޅިގެންނެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި އައިޖީއެމް ހޮސްޕިޓަލްގެ ހިންގުން ގޯސްވެގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ފުލުހުންގެ ކަމެއް ގޯސްވެގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އެއްވެސް ބަޔަކު ފާޑުނުކިޔާ ކަމަށެވެ. އެހެންނަމަވެސް އެމްއެންޑީއެފްގެ ކަމެއް ގޯސްވުމުން އޭނާއަށް ފާޑުކިޔަނީ އަންހެނަކަށްވީތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މިކަމާއި ގުޅިގެން އާޒިމާ ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގައި އަންހެން މެންބަރެއްގެ ގޮތުގައި ހުރެ، ގާނޫނު އަސާސީގެ މައްޗަށް ފަޔާ އެރި ފުރަތަމަ ފަރާތަކީ މާރިޔާ ކަމަށެވެ.

އަދި މީގެ ކުރިންވެސް މިނިސްޓަރ މާރިޔާ މަސައްކަތް ކުރައްވަމުންދިޔައީ، އަނިޔާ ލިބެމުންދިޔަ އަންހެން މީހާގެ ހައްގުގައި ތެދުވުމުގެ ބަދަލުގައި، އޭނާއަށް އަނިޔާކުރި މީހުންނާއިއެކު ހުރެ މަސައްކަތުގެ މާހައުލުގައި އުޅޭ އަންހެނުންނާއި އެމީހުންގެ ދަރިންނަށް ފުރައްސާރަ ކުރުމުގައި ކަމަށް ކަމަށް އާޒިމާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް