ހީނާވެސް އުމްރާއަށް

ބަތަލާ ހީނާ ޚާން އޭނާގެ މަންމަ އާއި ކޮއްކޮ އާއެކު މިދިޔަ އުމްރާއަށް ފުރައިފިއެވެ. މިއީ އޭނާގެ ފުރަތަމަ އުމްރާއެވެ.
އަޅުކަމުގެ ތެރެއިން ނެގި ފޮޓޯތަކެއް މީސްމީޑިއާއަށް ދޫކޮށްލައި، ހީނާ ލިޔެފައި ވަނީ، މި ފަހަރު އޭނާ މިވީ ހަޔާތުގައި ވީ ފުރަތަމަ އުމްރާ ކަމަށާއި، މިއީ ވަރަށް ކުރިއްސުރެ ދެކެމުންއައި ހުވަފެނެއް ހަޤީޤަތަކަށް ވުން ކަމަށެވެ.
ހީނާ އުމްރާއަށް ދިޔުމުން އެއްބަޔަކު ތައުރީފު ކުރިއިރު، އަނެއް ބަޔަކު ވަނީ ފިލްމީ ތަރިން އުމްރާއަށް ދަނީ ދެއްކުންތެރިކަމުގެ ގޮތުން ކަމަށް ބުނެފައެވެ.
ހީނާ އާއެކު ރިއަލިޓީ ޝޯ ”ބިގް ބޮސް“ގައި ބައިވެރިވި މުސްލިމް އެކްޓަރުންގެ ތެރެއިން އާސިމް ރިއާޒް އާއި އަލީ ގޯނީ ވެސް ދާދިފަހުން އުމްރާ ވެފައި ވެއެވެ.
ހީނާ އެންމެ ބޮޑަށް ވިދާލީ ”ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ“ގައި ކުޅުނު އަކްޝަރާގެ ރޯލުންނެވެ.