މެދުއިރުމަތި ދުނިޔެ

ހިޖުރަވެރިންނާއެކު ދަތުރުކުރި ބޯޓެއް އަޑިއަށްގޮސް އެތައްބަޔަކު ގެއްލިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހިޖުރަވެރިންނާއެކު ދަތުރުކުރި ބޯޓެއް ޓިއުނީޝިއާ ކައިރިން އަޑިއަށްގޮސް އެތައްބަޔަކު ގެއްލިއްޖެއެވެ.

Ads by WAMCO

ޓިއުނީޝިއާ ކައިރިން ބޯޓު ބަންޑުން ޖަހާލައި 67 ރެފިއުޖީން ގެއްލިފައި މިވަނީ އިޓަލީއާ ދިމާލަށް ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޕޯޓް ސިޓީގެ ތަރުޖަމާނު ފައުޒީ އެލް މަސްމޫދީ ހުކުރު ދުވަހު ވިދާޅުވީ ބުރާސްފަތި ދުވަހު އެ ބޯޓު ފުރާފައިވަނީ ސްފެކްސް ކައިރިން ކަމަށާއި އެބޯޓު މަސައްކަތްކޮށްފައިވަނީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް އިޓަލީއަށް ދިއުމަށް ކަމަށެވެ.

އިޓަލީގެ ކޯސްޓްގާޑުން ބުރާސްފަތި ދުވަހު ބުނީ، ޓިއުނީޝިއާއިން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހިނގައި ދިޔަ ހާދިސާތަކުގައި ފަސް މީހުން މަރުވެ، 33 މީހުން ގެއްލުނުތާ ގަޑިއިރުތަކެއް ފަހުން އިޓަލީގެ ދެކުނުން ހިންގި ދެ އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 750 ރެފިއުޖީން ސަލާމަތްކޮށްފައިވާ ކަމަށެވެ.

ޓިއުނީޝިއާގެ ނޭޝަނަލް ގާޑުގެ އޮފިޝަލެއް ކަމަށްވާ ހޫސެމް ޖެބާބްލީ ވިދާޅުވީ ދެ ދުވަހުގެ ތެރޭގައި އެގައުމުގެ ކޯސްޓްގާޑުން އިޓަލީއަށް ދަތުރުކުރަމުން ދިޔަ 56 ބޯޓު ހުއްޓުވައި 3،000 އަށް ވުރެ ގިނަ ރެފިއުޖީން ހިފަހައްޓާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ސަބް ސަހާރާ އެފްރިކާއަށް ނިސްބަތްވާ ރެފިއުޖީން ކަމަށެވެ.

އދ.ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ޓިއުނީޝިއާއިން ފުރައިގެން އިޓަލީއަށް 12،000 ރެފިއުޖީން ގޮސްފައިވާއިރު، 2022 ވަނަ އަހަރުގެ މި މުއްދަތުގައި 1،300 ރެފިއުޖީން ވަނީ ދަތުރުކޮށްފައެވެ. މީގެ ކުރިން ލީބިޔާއަކީ އެ ސަރަހައްދުގެ ރެފިއުޖީންގެ މައި ލޯންޗް ޕެޑެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!