ވީޑިއޯ

އަމާޒުން ބޭރުނުވާ ތީރެއްފަދަ ދުޢާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދަމު ނަމާދު ކުރެއްވުމަށް ޒުވާން ސަޙާބީ ބޭކަލުންނަށް ރަސޫލާ صلى الله عليه وسلم ބާރު އަޅުއްވާ، ހިތްވަރު ދެއްވެވި.

މިގޮތުން ޢުމަރުގެފާނު ދަރިކަލުން ޢަބްދުﷲގެފާނަށް އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި.
نعم الرجل عبدالله لو كان يصلي من الليل

ރޭ އަޅުކަން ކުރައްވާ އުޅުއްވާނަމަ، عبدالله އަކީ ހާދަހާވާ ރަނގަޅު ބޭކަލެކެވެ.

އިބްނު ޢުމަރުގެ ދަރިކަލުން ސާލިމް ވިދާޅުވި.

"މި ބަސްފުޅު އިވިވަޑައިގަތުމަށްފަހު ތިމަންގެ ބައްޕާފުޅު ރޭގަނޑުގެ ވަރަށް މަދު ވަގުތުކޮޅަކު މެނުވީ ނިދިނުކުރައްވައެވެ."

ރޭގަނޑުގެ ތިންބައިވާ ހިނދު ޢާލަމްތަކުގެ ވެރި އިލާހު ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގަންނަވާ. ފައިބާވަޑައިގަންނަވާ.

ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ.

ينزل ربنا كل ليلة إلى السماء الدنيا حين يبقى ثلث الليل الآخر فيقول من يدعوني فأستجيب له ومن يسألني فأعطيه ومن يستغفرني فأغفر له ( صحيح أخرجه البخاري ومسلم )

ކޮންމެ ރެއެއްގެވެސް ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބާވަޑައިގެން ބަސް ވަޙީކުރައްވާނެތެވެ.

[ތިމަން ރަސްކަލާނގެއަށް ދުޢާ ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ އިޖާބަ ކުރެއްވުމަށެވެ.

ތިމަން ރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދި ސުވާލު ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އޭނާ އެދޭ ކަންތައް އޭނާއަށް ދެއްވުމަށެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ ފުއްސެވުމަށެވެ.]

އިމާމު ޝާފިޢީގެފާނު ވިދާޅުވެފައިވޭ. ހާރުދަމުގެ ވަގުތުގައި ނުވަތަ ދަމުނަމާދުގެ ވަގުތުގައި ކުރެވޭ ދުޢާގެ މިސާލަކީ އަމާޒުން ބޭރު ނުވާ ތީރެއްގެ މިސާލޭ.

ދަމުނަމާދު ކުރުމުގެ އާދަ ކަށީގައި ހަރުލައްވަން ބޭނުންފުޅުވާ ބޭފުޅަކަށް ރަމަޟާން މަހަކީ ރަނުގެ ފުރުޞަތެއް.
ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުން.

މި ރަމަޟާން މަހަކީ އަޅުގަނޑުމެން ދަމުނަމާދުގެ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ މައްސަރެއް ކަމުގައި ހަދަމާތޯ. ހާރުދަމުގެ ވަގުތު ޣަނީމާ ކުރަމާތޯ.

سبحانك اللهم و بحمدك أشهد أن لاإله إلا أنت أستغفرك و أتوب إليك

Ads by HDC
  1. ޢަލްއުސްތާޒް

    ދުނިޔެެައަކީ އަބަދުވެސް ކޮންމެވެސް އެއްބަރަކަށް ރޭގަނޑުވެފައި އަނެއްބަރަށް ދުވާލު އޮންނަތަނެއް.އެހެންވީމާ ﷲ އަބަދުވެސް ހުންނަވާނީ ބިމުގައިތޯ.

    • ޢަލްއުސްތާޒުގެެ ބަފާ

      އިންސާނާާ އަށްް ސިކުނޑިި ދެއްވާފައިވަނީީ ކޮންމެވެސްް ބޭނުމަކުު، އޭގެެ ބޭނުންް ހިފަންދަސްކުރިއްޔާާ މާރަނގަޅުވާނެ

    • އުޚްތާ

      ތިބާގެ ގޭގެ ހުރިނަމަ ހުރި ކޮންމެ ކޮޓަރިއެއްގެ ދޮރުހުޅުވާ އެތެރެ ބަލާލުން ތިބާއަށް އުނދަގޫ ކަމަކަށް ބުއްދީގެ ގޮތުން ބަލާއިރު ވާނެތޯ ސުވާލުކޮށްލާށެވެ. ކާއިނާތުގެ ހައިބަތަށް ބަލާއިރު ދުނިޔެ ރެވި އޮށަކަށްވުރެ ކުޑައެވެ. އެކާއިނާތު އުފައްދަވާ އެއިގެވެރި އިލާހުގެ ހައިބަތު ތިބާގެ ތަސައްވުރަށް ގެނެސް މި ދައުރުވުންތައް މެނޭޖް ކުރާނޭ ގޮތް ވިސްނާށެވެ. އެހެނީ މީލާދީން 600 ގެ އަހަރުތަކުގައި ކާކިތޯ ގަބޫލުކުރާނީ އެމެރިކާގަ ހުރި މީހަކު ހަމަލޮލަށް ފެނިގެންހުރެ ތިބާ އާެެއި ވާހަކަ ދައްކަމުން ގޮސްދާނެކަމަށް. މައްސަލަފެށޭ ހިސާބަކީ ލިބިފައިވާ އިލްމެވެ. މައްސަލަނިމޭ ހިސާބަކީ އޭގެބޭނުން ކުރަން އެނގުމެވެ.

    • ނިލް

      ﷲ ވޮޑިގެން ނުވާ އެއްވެސް ތަނެއް ނުވޭ. ތިވިސްނަނީ އިންސާނަކު ހެން ﷲ އުޅޭނެ ކަމަށް. ﷲ ހެޔޮވިސްނުން ތިބާއަށް ދެއްވާށި.އާމީން

    • އަހަރެން

      މާތް ﷲ އީ ހުރިހާކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ. ހުރިހާ ތަނެއްގައި އެއްވަގުތުވެސް ޤާޢިމްވެވޮޑިގެންވުމަކަށް އެކަލާނގެއަށް އެއްވެސް ހުރަހެއްނުވޭ. މިވަގުތު ތިޔަ އަޚްކުރަމުންދާ ކަންކަމާއި އަޅުގަނޑު ކުރާކަންކަން އެކަލާނގެއަށް އެއްވެސް ހުރަހެއްނެތި ދެނެވޮޑިގެންވޭ. ﷲ އަކްބަރް!

    • ފިކުރު

      ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ވަޤުތު ތަފާތުވެދާނެ އިންސާނާގެ ވިސްނުމާއި. އިންސާނަކުވެސް ވިސްނާލީމަ އެބަ އެނގޭ އެތިބަ ކުޑަކުޑަ ހަމިންގްބާރޑް ދޫނިވެސް ސިކުންތުކޮޅެއްގެ ތެރޭގައި އެތައްފަހަރަކު ފިޔަ ތަޅުވާކަން. އެއީ އަހަރެމެންނަށް އަވަސްކޮށް ޙަރަކާތްކުރާކަމަށް ފެންނަ ތަކެތި. އެހެންވީއިރު އެތަކެތީގެ ވެރި ރައްބު އާއި އަހަރެމެންގެ ވިސްނުމުން ވަޤުތު ކަލްލިއުލޭޓް ކޮށް އަޅާ ކިޔާ ނުހެދޭނެ.

    • އާމިނާ

      މި ދުނިޔެ ދެ ދަންފަޅިއަށް ދައުރުވާހެން އުފެއްދެވީވެސް ހަމަ ﷲ سبحانه وتعالي. މާތް ﷲ އެއީ އެކަލާންގެ އަޅުތަކުންނަށް ކުރެއްވި ވަޢުދުތައް ފުއްދެވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވާ އެއްމެ މަތިވެރި އިލާހު.

      މިފަދަ ކަންކަން މިއީ ﷲ سبحانه وتعالي ގެ ޒާތުފުޅާއި ގުޅިގެންވާ ކަންތައް. މި ދުނިޔެ ދައުރުވާ ގޮތާ، އެކަލާންގެ ދުނިޔޭގެ އުޑަށް ކުއްތަންވެވޮޑިގަންނަވަނީ ކޮން ބީދައަކުންކަން އެއްމެ މޮޅަށް ދެނެވޮޑިގެންވާނީ ހަމައެކާނި މާތް ﷲ.

      އެއްމެ ބުއްދިވެރި ގޮތަކީ އެފަދަ ކަންތައްތަކާމެދު ފިކުރު ނުކޮށް މާތް ﷲ އެންގެވި ފަދައިން އަޅުކަން ކުރުންމަތީ ސާބިތުވެ ދެމިތިބުން.

  2. އުޚްތާ

    ތިބާގެ ގޭގެ ހުރިނަމަ ހުރި ކޮންމެ ކޮޓަރިއެއްގެ ދޮރުހުޅުވާ އެތެރެ ބަލާލުން ތިބާއަށް އުނދަގޫ ކަމަކަށް ބުއްދީގެ ގޮތުން ބަލާއިރު ވާނެތޯ ސުވާލުކޮށްލާށެވެ. ކާއިނާތުގެ ހައިބަތަށް ބަލާއިރު ދުނިޔެ ރެވި އޮށަކަށްވުރެ ކުޑައެވެ. އެކާއިނާތު އުފައްދަވާ އެއިގެވެރި އިލާހުގެ ހައިބަތު ތިބާގެ ތަސައްވުރަށް ގެނެސް މި ދައުރުވުންތައް މެނޭޖް ކުރާނޭ ގޮތް ވިސްނާށެވެ. އެހެނީ މީލާދީން 600 ގެ އަހަރުތަކުގައި ކާކިތޯ ގަބޫލުކުރާނީ އެމެރިކާގަ ހުރި މީހަކު ހަމަލޮލަށް ފެނިގެންހުރެ ތިބާ އާެެއި ވާހަކަ ދައްކަމުން ގޮސްދާނެކަމަށް. މައްސަލަފެށޭ ހިސާބަކީ ލިބިފައިވާ އިލްމެވެ. މައްސަލަނިމޭ ހިސާބަކީ އޭގެބޭނުން ކުރަން އެނގުމެވެ.