މެޑިކަލް މެރުއާނާ ހުއްދަ ކުރުމަށް ޖާބިރު މިއަދު ވެސް ގޮވައިލައްވައިފި
މެޑިކަލް މެރުއާނާ ރާއްޖޭގައި ހުއްދަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވައިލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން މިސާލު ނަންގަވާފައެވެ
"މެޑިކަލް މެރުއާނާ ރާއްޖޭގައި ހުއްދަކޮށްފައި މިސާލެއްގެ ގޮތުން މިއަންނަ ހަކުރާއި ޒައްގޫމް ދިވެހި ރައްޔިތުންގެ ގަޔައް އިންޖެކްޝަން ޖަހައިގެން މިޒަހަރު މި އިންސާނާގެ ގަޔަށް މިޖަހާ ޒަހަރުން ސަލާމަތްވެ ދުނިޔޭގެ ތަހުޒީބު ގައުމުތަކަށް ކެނެޑާއަށް ބެއްޔަސް ލަސްވޭގަސްއަށް ބެއްޔަސް އިންޑިއާއަށް ބެއްޔަސް ތައިލެންޑަށް ބެއްޔަސް ގައުމުތަކުގައި މެޑިކަލް މެރުއާނާ ހުއްދަ ކުރުމާއި ގުޅިގެން ސިނގިރޭޓް ބުއިންވެސް މަދުވެއްޖެ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގައި މެރުއާނާ ހުއްދަ ކުރުމުން މަސްތުވާތަކެތި ބޭނުންކުރާ މިންވަރާއި ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު މަދުވާނެކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ އަބަދުގެ އަބަދު އަޅުގަނޑުމެން މި ހާނިއްކައިގައި މި އަޒާބުގައި ނުބައިތިއްބާށޭ ދިވެހި ރައްޔިތުންނަށް މެޑިކަލީ ޕުރޫވަން މެރުއާނާ ހުއްދަ ކުރާށޭ އެއީއޭ މިގަރާރުގެ ނަތީޖާއަކަށް ވާނީ އޭގެ ފަހުން ހަކުރު ނުބޯނޭ މެތުސް ބޭނުން ނުކުރާނޭ މިހާރު ހުރިހާ ޒުވާން ކުދިން މެތު ބޭނުން ކުރޭ އެބަ އެއީ ބައި ޕްރޮޑަކްޓް އޮފް ކޮކެއިން ބޮޑެތި ވާހަކަތަކޭ އަޅުގަނޑު މިތާނގައި ދައްކަން މިޖެހެނީ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ދަނީ މަސްތުވާތަކެތީގެ ބައެއް ބާވަތްތަކާއި އިސްލާމް ދީނާއި ހިލާފް ބައެއް ކަންކަން ރާއްޖޭގައި ކުރުމުގެ ހުއްދަ ދިނުމަށް އެދި ދޭތެރެ ދޭތެރެއިން މަޖިލީހުގައި ގޮވާލައްވަމުންނެވެ.