ޚަބަރު

ނިމާލު ޤާސިމަށް: ތިއީ ޗޮއިސްއެއް ނޫން، މި ތިބީ ރައީީސް ޔާމީނާއެކު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި ތިބީ، އިދިކޮޅު ލީޑަރު، ރައީީސް ޔާމީން އަބްދުލްޤައްޔޫމާއެކުގައި ކަމަށާއި، ޕީޕީއެމް-ޕީއެންސީއަށް ޖޭޕީ އަކީ "ޗޮއިސް"އެއް ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ނިމާލު ވިދާޅުވެއްޖެއެވެ.

Ads by STELCO

ނިމާލު މިފަދައިން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނައިރު، އެ ޕާޓީއާއެކު ކޯލިޝަން ހަދަން ޖޭޕީން ދައުވަތު ފޮނުވަން ނިންމުމާ ގުޅިގެންނެވެ.

ޖޭޕީގެ ލީޑަރު ޤަސިމް އިބްރާހީމްގެ ފަރާތުން ކޯލިޝަން ދައުވަތު ފޮނުވަން ނިންމާފައިވަނީ ޕީޕީއެމް/ޕީއެންސީ, އެމްއެންޕީ, އެމްއާރްއެމް, ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށެވެ.

ނިމާލު ވިދާޅުވީ، ޤައުމު އަޅުވެތިކޮށް، ބަނގުރޫޓުވެ، އިޖްތިމާއީ ޢަދާލަތު ފުނޑައިލަމުން ދާތީ، އެކަމުގެ ޙައްޤުގައި، ޕީޕީއެމާއެކު މަސައްކަތް ކުރުމަށް ސިޔާސީ ޕާޓީތަކަށް ދައުވަތު ދިނުމުން، ބޮލައިލާ ޖެހީ، ސަރުކާރުގައި ތިބެ، އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެވަރަށް ހީލަތްތެރި ރޭވުންތައް ރާވަން ކަމުގައެވެ.

" ތީ ޗޮއިސްއެއް ނޫން. މި ތިބީ ރައީސް ޔާމީނާއެކު. ރ.ޔ2023 އިންޝާﷲ" ނިމާލު ވިދާޅުވިއެވެ.

މާލެ އަތޮޅުގެ ކައުންސިލުގެ ރައީސް މިހެން ވިދާޅުވިއިރު، އިދިކޮޅުން މީގެ ކުރިން ވެސް ވަނީ، އެއްވެެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށާއި، ކޯލިޝަނެއް ހަދާނަމަ، ހަދާނީ، އެ ޕީޕީއެމް-ޕީއެންސީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއް ކަމަށް ބުނެފައެވެ.

އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައި، ޖޭޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން، މިހައިތަނަށް ނިންމަވައިފައިވަނީ ޤާސިމްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންއެވެ.

Ads by HDC
  1. ކޮޔާ

    ކަނޑު ގުރުވަ ނުނީ ނުކަން ތިއްބާ ލޮނދި ހިކައެއްގަ ޖެހި ފެހި ކަހަން ޖެހިދާނެ