މެދުއިރުމަތި ދުނިޔެ

އިސްރާއީލުން އަޤްސާ މިސްކިތައްވަދެ ބަޑިގަޖަހައި، ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އެތައް އަނިޔާތަކެއް ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހައްދުފަހަނައަޅާފައިވާ އިސްރާއީލު ސިފައިން ރޭވެސް އަޤްސާ މިސްކިތައްވަދެ ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އެތައް އަނިޔާތަކެއް ކޮށްފިއެވެ.

Ads by Sosun Fihaara

ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އަޤްސާ މިސްކިތްތެރޭގައި ނަމާދުކޮށް އަޅުކަން ކުރަންތިބި މުސްލިމުންނަށް އިސްރާއިލު ސިފައިވަނީ ހައްދެއް ނެތި މުގުރުތަކުންނާއި ބަޑިތަކުން އަނިޔާކޮށްފައެވެ. މީގެ އިތުރުން މިސްކިތުގެ އެތައް މިތަނަން ވަނީ ގެއްލުން ދީފައެވެ.

އިސްރާއިލު ސިފައިންގެ މި ހަމަލާގައި ފަލަސްތީނުގެ ގިނަ ރައްޔިތުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެހެންނަމަވެސް އިސްރާއީލުން ވަނީ މިސްކިތުގައި ތިބި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

ފަލަސްތީނުގެ ޚަބަރުތައް ގެނެސްދޭ "ފަލަސްތީން އޮންލައިން" އިން ބުނެފައިވާގޮތުގައި މި ރޯދަމަހު އިސްރާއިލުން ދަނީ މިގޮތަށް މިސްކިތުގައި އަޅުކަމުގައި ތިބޭ މީހުނަށް އުނދަގޫކޮށް މިސްކިތުން ބޭރުކުރަމުންނެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހު އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން އަންނަ ދުއްތުރާތަކާއި ފުރައްސާރަތައް އިތުރުކުރެއެވެ. މީގެ ކުރިންވެސް ރޯދަމަހާއި ދިމާކޮށް ތަކުރާރުކޮށް އިސްރާއީލުން ވަނީ ފަލަސްތީނަށް ހަމަލާދީ ގިނަ ޤަތުލްއާއްމުތަކެއް ހިންގައި، ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގައިފައެވެ.

މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުވެސް އިސްރާއީލުންވަނީ ފަލަސްތީނުގެ ޒުވާނެއް ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!