މެދުއިރުމަތި ދުނިޔެ

ފަލަސްތީނުގެ މަޝްރަހު:ސިފައިންގެ ހިމާޔަތުގައި އިސްރާއިލުގެ ގިނަ އާއްމުން އަޤްސާ މިސްކިތައް ވަދެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފޭރިގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ވެގަނެގެން އުޅޭ ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ އާއްމުން އެމީހުންގެ ސިފައިންގެ ހިމާޔަތުގައި އަޤްސާ މިސްކިތައް ވަދެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާގޮތުން އިސްރާއިލުގެ ގިނަ އަދަދެއްގެ އާއްމުން ސިފައިންގެ ހިމާޔަތުގައި އަޤްސާ މިސްކިތައް ވަދެފައިވާއިރު ފަލަސްތީނުގެ ރައްޔިތުން މިއަދުގެ ފަތިސް ނަމާދު ކުރަންވެސް މިސްކިތަށް ވަނަނުދީ އިސްރާއިލު ސިފައިންވަނީ ހުރަސް އަޅައި އަނިޔާކޮށްފައެވެ.

އެހެންނަމަވެސް ފަލަސްތީނުގެ ގިނަ އަދަދެއްގެ އާއްމުން ވަނީ އެމިސްކިތުގައި ރޭގެ ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފައެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނުގެ އެތައް ބަޔަކަށް ލާއިންސާނި އަނިޔާ ދީ  ޒަހަމް ކޮށްލާފައިވާއިރު، އަލްއަޤްޞާ މިސްކިތް ޖެހިޖެހިގެން ދެވަނަ ރޭ ވެސް ބަލައި ފާސްކޮށް ފަލަސްތީނުގެ އެތައް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ދީފައެވެ.

މީގެ އިތުރުން ނަބްލޫސްގައި އިޒްރޭލު ސިފައިން ވިހަ ގޭހުން ކެނިސްޓާތަކަކުން ދިން ހަމަލާތަކެއްގައި 12 މީހުން ޒަހަމްވެފައިވާ އިރު، އުތުރުގެ ސިޓީއެއް ކަމަށްވާ ހެބްރޮން ކައިރީގައި އޮންނަ ބެއިޓް އުއްމާރު އަވަށުގައި އެކަކަށް ވަނީ ލައިވް ބަޑިން ހަމަލާދީފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!