މެދުއިރުމަތި ދުނިޔެ

އިސްރާއީލުން ޝަހީދުކޮށްލި ދަރިފުޅާއި، "ހިތް ކުދި ކުދި" ވެފައިވާ މަންމަގެ ބައްދަލުވުން ލޮލުން ކަރުނަ ހިލުވައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހައްދު ފަހަނައަޅައިފައިވާ އިސްރާއިލުން ޝަހީދުކޮށްލި އުމުރުން 20 އަހަރުގެ އާއިދް ސަލީމްގެ ޖަނާޒާ ބާއްވައިފިއެވެ.

Ads by Sosun Fihaara

އިސްރާއިލު ސިފައިންގެ ދުއްތުރާތަކާއި އަނިޔާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި އިސްރާއިލުން ދަނީ އަޤްސާ މިސްކިތުގައި ބޮޑެތި ހަމަނުޖެހުން ހިނގަމުންނެވެ. އަދި އިސްރާއީލުގެ އާއްމުން ދަނީ ފަލަސްތީނުގެ އާއްމުންގެ މުދަލަށް ގެއްލުން ދެމުންނެވެ.

އިސްރާއިލު ސިފައިން އާއިދް ޝަހީދުކޮށްލަސކފައިވަނީ ފަލަސްތީނުގެ ގަލްގިލިޔާގައެވެ. އަދި އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔަ ވަގުތު އޭނާގެ މަންމަ ދިޔައީ އޭނާގެ މޫނަށް ބޮސްދީ ގިސްލައި ރޮމުންނެވެ. އެ މަންޒަރު ފެނިގެން ދިޔައީ ވަރަށް ހިތްދަތި މަންޒަރެކެވެ.

ފޭރިގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ވެގަނެގެން އުޅޭ ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ އާއްމުންވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެތައް ފުރައްސާރައަކާއި އަނިޔާތަކެއް ދެމުންދާއިރު އިސްރާއީލުގެ ސިފައިންދަނީ ފަލަސްތީނުގެ ނިކަމެތި އާއްމުންނަށް ލާއިންސާނީ އެތައް އަނިޔާތަކެއް ދެމުންކަން ފާހަގަކޮށްލެވެއެވެ.

އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނުގެ އެތައް ބަޔަކަށް ލާއިންސާނި އަނިޔާ ދީ  ޒަހަމް ކޮށްލާފައިވާއިރު، އަލްއަޤްޞާ މިސްކިތްވެސް ބަލައި ފާސްކޮށް ފަލަސްތީނުގެ އެތައް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ދީފައެވެ.

މީގެ އިތުރުން ނަބްލޫސްގައި އިޒްރޭލު ސިފައިން ވިހަ ގޭހުން ކެނިސްޓާތަކަކުން ދިން ހަމަލާތަކެއްގައި 12 މީހުން ޒަހަމްވެފައިވާ އިރު، އުތުރުގެ ސިޓީއެއް ކަމަށްވާ ހެބްރޮން ކައިރީގައި އޮންނަ ބެއިޓް އުއްމާރު އަވަށުގައި އެކަކަށް ވަނީ ލައިވް ބަޑިން ހަމަލާދީފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by HDC
  1. އަހުސް

    ޔާﷲފަލަސްތީނުރައްޔަުންނަން ޒައަނިސްޓުޔަހޫދިންމައްޗައްނަސްރުދެއްވާންދޭ އާމީން