ޚަބަރު

ޕާކިސްތާނުން މަންކީ ޕޮކްްސް ފެނިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕާކިސްތާނުގައި އަލަށް "މަންކީޕޮކްސް" ފެނިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސައުދީ އަރަބިއާގައި ހުރުމަށްފަހު، އެ ޤައުމަށް އައި އުމުރުން 25 އަހަރުގެ މީހެއްގެ ފަރާތުންނެވެ. އެ މީހާ ކަރަންޓީނު ކޮށްފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޕާކިސްތާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލް، ސާޖިދު ޝާހް ވިދާޅުވީ މަންކީ ޕޮކްސްގެ ޕޭޝަންޓް ހޮސްޕިޓަލުގައި ކަރަންޓީންކޮށްފައިވާ ކަމަށާއި، އިތުރު މީހަކަށް ބަލި ޖެހުނު ކަމަށް ނުބެލެވޭ ކަމަށެވެ.

ޕާކިސްތާނު މީހެއްގެ ގައިން މަކުނު ވިދުރި ފެނުމާ ގުޅިގެން، އެ ޤައުމުގެ ހުރިހައި އެއާޕޯޓުތަކެއް އެލާޓަށް ގެނެސްފައިވާއިރު، މި ބަލި ޖެހިފައިވާ މީހަކާ ކައިރިވެއްޖެ ަނަމަ، ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

Ads by Allied Insurance
  1. ފޭކްނިއުސް އިންޑިޔާ އެމްބަސީން ފައިސާ ދީގެން ޖަހާ ފޭކް ނިއުސް !