ޚަބަރު

ސަރުކާރުގެ ސްޓޭންޑާއި ރައީސް ނަޝީދު ދެބަސް؛ މިއަދުގެ ނިންމުމާއެކު ރާއްޖެއިން ބައެއް ގެއްލިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ރާއްޖެއާއި މޮރިޝަސްގެ އިން ވަކި ކުރުމުގެ މައްސަލައިގައި އިޓްލޮސް އިން މިއަދު އިއްވި ހުކުމާއިއެކު ރާއްޖޭގެ ސަރަހައްދުގައި ހިމެނިފައިވާ ބައެއް ގެއްލިފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިޓްލޮސް އިން މިއަދު ހުކުމް އިއްވީ ހުކުމް އިއްވީ ފުށުއަރާ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.

"މިއަދު މިވަނީ ރާއްޖޭގެ ސަރަަހައްދުން 90ކ އަށްވުރެ ބޮޑު ސަރަހައްދެއް ގެއްލިފައި. މި ސަރަހައްދަކީ ކޮންމެ މަހަކު 60އަށްވުރެ ގިނަ ފަހަރު މަހައް ދާ ސަރަހައްދެއް." މިއަދުގެ ނިންމުމާއި ގުޅޭ ގޮތުން ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެކިލައްވާ ގޮތުގައި ރާއްޖޭގެ އީއީޒެޑްއިން މޮރިޝަސްއަށް ބައެއް ދޭން ނުޖެހެއެވެ.

ޖަރުމަނުގެ ހެމްބާގުގައި ހުންނަ އެ ޓްރައިބިއުނަލްގެ މައި އޮފީހުގައި މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 2 ޖެހިއިރު އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް މި ފަރުގެ ހިކިދިޔައިގައި ފެންނަން ހުންނަ ހިސާބަކީ، އިކުއިޑިސްޓެންސުން ބަހާއިރު މިން އެޅޭނެ ބޭސްއެއް ނޫންކަމަށް ވަނީ ނިންމާފައެވެ.

ޗާގޮސްގެ ރަށްތައް އިސްތިމާރުކޮށްގެން ތިބި އިނގިރޭސި ވިލާތަށް އެ ސަރަހައްދުގެ ބާރު ނޯންނާނެ ކަމަށާއި އެއީ މޮރިޝަސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ވަނީ އިސްތިޝާރީ ލަފައެއް ނެރެފައެވެ. އޭރު ރާއްޖެއިން އެއަށް ތާއީދުކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުމާ އެކު އޭރުގެ ރައީސް އިބްރާހިމް ނާސިރު ވަނީ ރާއްޖޭގެ އުތުރުން ސްރީ ލަންކާ އާއި އިންޑިއާއާ ފުށުއަރާ ސަރަހައްދު ދެ ގައުމާ އެކު އެއްބަސްވުން ހަދައި ހަމަޔަށް ބަހާލައިފައެވެ. ނަމަވެސް ދެކުނުން އޮތް ރައްތަށް އޭރު އޮތީ އިނގިރޭސިންގެ އިސްތިއުމާރުކަމުގެ ދަށުގައި ކަމަށްވުމުން އެ ސަރަހައްދުގެ އިން މިއަދާ ހަމަޔަށް ވެސް އޮތީ ރަސްމީކޮށް ކަނޑަނޭޅިއެވެ.

Ads by Allied Insurance
  1. ހަރާމްކޯރު

    ރާއްޖޭގެ ކަނޑުގެ ތެރޭގައި ހިމެނޭ ކަޅުބިލަ މަހާއި ބޮޑުކަންނެލި އާއި ހިބަރާއި އަދި ކުރުމަހާއި މިއަރާއި އަދި މަސްކާން ބޭނުންވާ އެންމެ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ އަދަދަކަށް އާލާވާ އެންމެ ބޮޑު ރިޒާރވް ހުރީ އައްޑޫ އާއި ފޯޅަވައްސާއި ދެމެދު އޮތް ކަނޑުގައޭ އެކަނޑޭ ތަމެން ތިޔާ ވިއްކާލީ ކެމްޕެއިނަށް 500 މިލިއަން ޑޮލަރުގެ ކަޓެއް ނަގާފައި ދޯ ހެޔޮވާނީ ކިހިނެއްތޭ ތިޔާ ގޮތަށް ރައްޔިތުންނާއި މެދު ކަންކުރަން ވެރިކަމުގެ ދަހިވެތިކަމުގައި ރާއްޖޭގެ ކަނޑޭ ތަމެން ތިޔާ ވިއްކާލީ ހަރާމްކޯރުންނޭ ބަތާހާރާމީންނޭ…

  2. މަޖްބޫރުވާނެއޭ

    ރައްޔިތުންނަށް ކޮން ރަނގަޅު ގޮތެއްތޭވީ ދެން ބަލަން ތިބެއްޗޭ އައްޑޫ ކުއްޖާ މެން ސީދާ ބަނޑަށް ޖެހޭނީ މުޅި އައްޑޫ ކަނޑުވިއްކާލައިފި 500 މިލިއަން ޑޮލަރުގެ ކަޓެއް ޖައްސާލައިގެން ދެން ފެންނާނީ މުޅި އައްޑޫ ކަނޑުގައި ދާއަޅާ ބޯޓް ތައް އައިސް ދާ އަޅައިގެން އައްޑޫ ކަނޑުގައި އެންމެ ބޯދި އެއްވެސް ނުބަހައްޓާ އެމެން ކަހާލާ ތަނޭ ނަތީޖާ އަކީ އައްޑޫ ކުއްޖާ މެން ބަނޑަށް ޖެހުމޭ އެމެން އެންމެން އައްޑޫ ދޫކޮށް މާލެ ސަރަހައްދަށް ހިޖްރަ ކުރަން ތަމެންގެ ސަބަބުން މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ މަޖްބޫރުވާނެއޭ

  3. ވެއްޖެވެއްޖެ

    އަންނަނީ އަންނަނީ އަންނަނީ ސަރުކާރުން ރާއްޖޭގެ އެންމެ އަގުބޮޑު ކަނޑުވިއްކާލައިފިއޭ މީ ދިވެހިންނަށް އިއާދަ ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެކޭ މިލިބިގެންދަނީ ކަނޑުވިއްކާލި ކަން ފަޅާއަރައިފިއޭ ކަނޑުވިއްކާލި މައްސަލަ ވެސް ތަމެން އަތަށް ކޮތަޅު ޓެކްސް ގޭސް ގަނޑު ވެސް ގޮވި ގޮތަށް އެކަން ވެއްޖެއޭ ވެއްޖެ ވެއްޖެ ވެއްޖެ….

  4. އަބްދޫ

    ޗާގޯސް އަކީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅު .މިއަށް ވުރެ ބޮޑު ހެއްކެއް ކޮބާ؟ ރާއްޖެ އުފެދިފައިވާ ގޮތުގަ އޮތް ގުދުރަތީ ގޮތުން އެންމެ ދެކުނު އަތޮޅު . މިތަން ރާއްޖޭގެ ބައެއް ކަމަށް ވަކާލާތު ކުރިނަމަ މުޅި ފޮޅުވަހި ވެސް ލިބޭނީ ރާއްޖެއަށް މޮރިސަސްގެ ބަޔަކަށް މޮރިސަސް އިން ދައުވާކުރައީ އިގިރޭސިން އެތަނަށް ގެންދިޔަ މީހުން ބޭނުންކޮށްގެން . ރާއްޖެއިން ދައުވާ ކުރަންޖެހެނީ ރާއްޖޭގެ ސަރަހައްދު ފުށުއަރާ ރާއްޖޭގެ ބައެއްގެ ގޮތުގަ އަދި ރާއްޖޭގެ އެންމެ ދެކުނުގަ އޮތް އަތޮޅުގެ ގޮތުގް ، މިތަން އަދިވެސް ރާއްޖެއަށް ލިބިދާނެކަންޔަގީން. ދެންޖެހޭނީ އިގިރޭސި އެމެރިކާ ފަރަންސޭސި މި 3 ފަރާތުގެ ނުފޫޒުހޯދައިގެން ރާއްޖޭގެ މައްސަލަ ކޯޓަށް ހުސަހަޅައިގެން ، ކާމިޔާބު ވާނެ ކަމާއިމެދަކު އެއްވެސް ސައްކެއްނެތް.