Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި ކޯސްޓްގާޑުން ބޭނުން ކުރަމުން ދިޔަ ކަނޑުގެ އަސްކަރީ އުޅަނދު "ހުރަވީ" ގެ ބަދަލުގައި އިންޑިއާ އިން ހަދިޔާކުރި އުޅަނދު ރަސްމީކޮށް ދިވެހި އަސްކަރިއްޔާއާ ހަވާލު ކުރުން އޮންނާނެ ކަމަށެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑިފެންސް މިނިސްޓަރގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ވަނީ ކުރައްވާފައެެވެ.

Advertisement
Ooredoo — Truecaller (box)

އެ ބައްދަލުކުރެއްވުމުގައި ދިފާއީ އެއްބާރުލުމާއި އެހީތެރިކަން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް