މާމިގިލިން 6 އަހަރުގެ ކުޑަ ކުއްޖަކު ކޮވިޑަށް ފައްސި ވެއްޖެ

އދ. މާމިގިލިން 6 އަހަރުގެ ކުޑަކުއްޖަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެ ކުއްޖާ ފައްސިވިކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ.
މީގެއިތުރުން ފ.ނިލަންދޫއން 4 އަަހަރުގެ ކުއްޖަކާއި ނ.މިލަންދޫއިން 22 އަހަރުގެ ދިވެހި އަންހެނަކާއި، ކ.ހިންމަފުށިން 29 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ވަނީ ބައްޔަށް ފައްސި ވެފައެވެ. މި އެންމެންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.
ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނައްސި ވުމުންނެވެ.