އެޕަލްގެ ކަޅި އިންޑިއާއާށް، ސްޓޯރުތަކާއެކު އާއްމުދަނީ އިތުރުވަނީ
ދުނިޔޭގެ ސްމާޓްފޯން މާކެޓު ދަށަށް ދިޔަ ނަމަވެސް އައިފޯން ވިއްކާ މިންވަރު އިތުރުވުމާ އެކު މި ހަފުތާގައި އިންވެސްޓަރުން ހައިރާންކޮށްލި އިރު، މިކަމުގެ ސަބަބު ހޯދަން ގިނަ ބަޔަކު ވަނީ ކެތްމަދުވެފައެވެ. އެޕަލްގެ ޗީފް އެގްޒެކެޓިވް ޓިމް ކުކް ވަނީ މި ސުވާލަށް ސާދާ ޖަވާބެއް ދީފައެވެ. ސަބަބެއްގެ ގޮތުގައި ޓިމް ބުނެފައިވަނީ އިންޑިއާ ފަދަ ކުރިއަރަމުން އަންނަ މާކެޓްތަކަށް އައިފޯން އައުން ކަމަށެވެ.
ކުކް ބެޓް ކުރަނީ އެ މާކެޓްތަކުގެ ސަބަބުން އެޕަލްގެ ކުރިއެރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި އެ މާކެޓްތަކުގެ ޒުވާން އާބާދީއާއި އައިފޯންތައް ވަރަށް މަދު ކަމަށެވެ. އެޕަލް އިން ދާދިފަހުން ވަނީ އިންޑިއާގައި ދެ ސްޓޯރ ހުޅުވާފައެވެ.
މިދިޔަ ހުކުރު ދުވަހު އެޕަލްގެ ހިއްސާ 4 އިންސައްތައަށްވުރެ މައްޗަށް ގޮސް، ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަށް މާކެޓް ކެޕިޓަލައިޒޭޝަންގެ ގޮތުގައި ގާތްގަނޑަކަށް 120 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ.
ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ދުނިޔޭގެ ސްމާޓްފޯން ޝިޕްމަންޓްތައް 13 ޕަސެންޓް ދަށަށް ގޮސްފައިވީ ނަމަވެސް އެޕަލް އިން ބުނީ އެޕަލްގެ ދެވަނަ ކުއާޓަރުގައި އައިފޯން ވިއްކާ މިންވަރު 1.5 ޕަސެންޓް އިތުރުވެ 51.3 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.
އެޕަލް އިން ބުނީ ދެކުނު އޭޝިއާ، ލެޓިން އެމެރިކާ އަދި މެދުއިރުމަތީގެ ގިނަ ގައުމުތަކުގައި އެޕަލްގެ ފޯން ގަތް ރެކޯޑްތައް ގާއިމްކޮށްފައިވާ އައުކޮށްފައިވާ ކަމަށެވެ.
މިހާރު އެޕަލްގެ އެންމެ ބޮޑު ފޯކަސް އަކީ އިންޑިއާ ކަމަށް ވެދާނެ އެވެ. އެ ކުންފުނިން ދާދި ފަހުން މުމްބާއީ އާއި ދިއްލީގައި ފުރަތަމަ ދެ ރީޓެއިލް ސްޓޯރު ހުޅުވި އިރު، އެޕަލް އިން އެ ގައުމަށް ލިބޭ އާމްދަނީ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މެދުފަންތީގެ އާއްމުދަނީ ލިބޭ ފަރާތްތައް ގިނަވަމުން އަންނަ އިންޑިއާގައި އެޕަލްގެ އުންމީދު ބޮޑެވެ. ޓިމް ކުކް ވެސް ބުނެފައިވަނީ އެޕަލްއިން އިންޑިއާއަށް ބޮޑެތި އިންވެސްޓްމެންޓްތައް ކުރާނެ ކަމަށެވެ. އެޕަލްއިން ވަނީ އިންޑިއާގައި ދާދިފަހުން ފެކްޓްރީތައް ވެސް އިތުރުކޮށްފައެވެ.
2022 ވަނަ އަހަރު އިންޑިއާގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބްރޭންޑަކީ އެޕަލް ކަމަށް ރިސާޗް ފާމް ކައުންޓަރޕޮއިންޓުން ބުނެފިއެވެ. އަދި ވެސް އިންޑިއާގައި އެންމެ ކުރީގައި އުޅެނީ ސެމްސަންގެވެ.