ވައިބާ މެދުވެރިކޮށް ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިއެއް ހިންގަމުން ދާކަން ފެންމަތިވެއްޖެ

ރާއްޖޭގައި ވައިބާ މެދުވެރިކޮށް، ކޮމިއުނިޓީ ގްރޫޕެއް އުފައްދައިގެން ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުންދާކަން ފެންމަތިވެއްޖެއެވެ.
މިވައިބާ ގްރޫޕުގެ ޚަބަރު، ނަންހާމަ ނުކުރުމަށް އެދި "ދެން" އަށް ހިއްސާ ކުރީ ކިޔުންތެރިއެކެވެ.
އެނގިފައިވާ ގޮތުގައި އެގްރޫޕަށް މީހުން ވެއްދުމަށް "އިންވައިޓް" ކުރުމަށް އެކިއެކި އެހެން ގްރޫޕުތަކަށް އެބަޔަކު ދަނީ ލިންކު ފޮނުވަމުންނެވެ.

އެގްރޫޕަށް މިހާރުވެސް 302 މެންބަރުން ވަދެފައިވާކަން ވެސް ވަނީ ފާހަގަ ވެފައެވެ.
މިފަދަ ފާހިޝް ޢަމަލު ހިންގާ އެގްރޫޕުން ގެންދަނީ ފައިސާއަށް އަންހެން ކުދިން އެކިތަންތަނަށް ފޮނުވާކަމަށް ވެސް ބުނެ އެމީހުންގެ އެވިޔަފާރި ހިންގުމަށް އަގުތައް ވެސް ކަނޑައަޅާ އިޝްތިހާރުކޮށްފައެވެ.
އެގްރޫޕުގެ ނަން "ދެން" ގެ ފަރާތުން ހާމައެއް ނުކުރާނަމެވެ.
މިކަން މިހާރު ވާނީ "ދެން" ގެ ފަރާތުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.
"މިމައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައި. އަދި މައްސަލައާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން" ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
ހަށި ވިއްކަނީ ގަންނާނެ ‘ފިރިހެނުން’ ތިބީތީ. ރާއްޖޭގައި އަންހެނުން ހަށި ގަނެއެއް ނޫޅޭ. ފިރިހެނުންނަށް ޑިމާންޑްއެއްވެސް ނޯވާެ. ގަޑިއިރަކަށް 400ރ. އޯ މައި ގޯޑް
ޙާދަ އަގުހެޔޮ ބަޔެކޭ ދޯ ދިވެހި އަންހެނުންނަކީ. ޢެންމެ 800 ރުފިޔާ. ޚަޑަބައެއް ތާދޯ. މަށެއް ބޭނުމެއްނޫން.
ތިޔަކަން ކޮށްގެން ލިބޭ ލާރި ކާން ކެރޭކަން، ﷲ އަށް ބިރުވެތިވޭ