Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފަޔަރ ފައިޓަރުންނަކީ ރައްޔިތުންގެ އިޙްތިރާމާއި ލޯބި އަބަދުވެސް އޮންނަ ބައެއް: ޑިފެންސް މިނިސްޓަރ

ފަޔަރ ފައިޓަރުންނަކީ ރައްޔިތުންގެ އިޙްތިރާމާއި ލޯބި އަބަދުވެސް އޮންނަ ބައެއް: ޑިފެންސް މިނިސްޓަރ

ފަޔަރ ފައިޓަރުންނަކީ ރައްޔިތުންގެ އިޙްތިރާމާއި ލޯބި އަބަދުވެސް އޮންނަ ބައެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިޔަށް ގެންދެވުނު ފަޔަރ ފައިޓަރ ޓްރޭނިންގ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަޔަރ ފައިޓަރުންނަކީ،ރައްޔިތުންގެ ފުރާނަ އާއި މުދާ ނުރައްކަލަށް ހުށަހެޅޭ ދަނޑިވަޅުތަކުގައި، އަމިއްލަ ފުރާނައަށް ބެލުމެއްނެތި ރައްޔިތުން ނުރައްކަލުން ސަލާމަތްކޮށް، އެހީތެރިކަން ފޯރުކޮށްދޭ ބައެއް ކަމަށެވެ.

އަދި އެއީ ރައްޔިތުންގެ އިޙްތިރާމާއި ލޯބި އަބަދުވެސް އޮންނަ ބައެއް ކަމަށާއި ސިފައިންގެ ފަޔަރ ފައިޓަރުންގެ ހުނަރާއި، ޖެހިލުން ކުޑަކަމާއި، ނުރައްކާތެރި ޙާލަތުތައް ކުރިމަތިވުމުން، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، އަމިއްލަ ފުރާނައަށް ބެލުމެއްނެތި ނުރައްކަލާ ކުރިމަތިލުމަށް ނަގާ ރިސްކު ވަރަށް ގާތުން ފެންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް