ވިޔަފާރި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިޝްތިހާރު ކުރުމަށް ''ދެން'' އިން ޚާއްޞަ އަގުތަކެއް

  • ކޮވިޑް19 އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެފަރާތްތަކުގެ ވިޔަފާރި އިޝްތިހާރު ކުރުމަށް ''ދެން'' އިން ޚާއްޞަ އަގުތަކެއްގައި ފުރުސަތު ހުޅުވާލައިފިއެވެ.
އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެފަރާތްތަކުގެ ވިޔަފާރި އިޝްތިހާރު ކުރުމަށް ''ދެން'' އިން ޚާއްޞަ އަގުތަކެއްގައި ފުރުސަތު ހުޅުވާލައިފިއެވެ.

Ads by MWSC

''ދެން''ގެ މާކެޓިންގ އެކްޒެކްޓިވް މުޙައްމަދު ސަނީޙް ބުނީ މި ފުރުސަތަކީ އެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ހުޅުވާލި ޚާއްޞަ ފުރުސަތެއް ކަމަށާއި ، ބޭނުމަކީ ''ދެން''ގެ ފަރާތުން ވެސް ވެވެން އޮތް އެހީއެއް އެފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށެވެ.

''އެކި ވިޔަފާރިތަކާއި ގުޅޭ ގޮތުން ވިޔަފާރި އާޓިކަލްސް ލިޔެދިނުން ، އެޑް ސްލޮޓް ދިނުން ، މީގެ އިތުރުން ސޯޝަލް މީޑިއާގައި މާކެޓްކޮށްދިނުން ، މިހުރިހާ ކަމެއް އަޅުގަނޑުމެން ވަރަށް ކުޑަ އަގެއްގައި ކޮށްދޭނަން ، ޝައުޤުވެރިވެލައްވާ ބޭފުޅުން އަޅުގަނޑުމެންނާއި ކޮންޓެކްޓް ކޮށްލެއްވުން އެދެން" ސަނީޙް ބުނެފައިވެއެވެ.

ކުދި އަދި މެދު ފަންތީގެ ޕެކޭޖް ( -/3،000 ރުފިޔާ )

  • 1 އެޑް ސްލޮޓް ،
  • 3 އެޑިޓޯރިއަލް އާޓިކަލް (މަހަކު)

ސަނީޙް ބުނީ މީގެ އިތުރުން ވެސް އަދި އެންމެ ކުދި ވިޔަފާރިތަކަށް ޚާއްޞަކޮށް ދެފަރާތުން އެއްބަސްވާ އަގެއް ހަމަޖެއްސުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށާއި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "ދެން''ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނުވަތަ  ނަމްބަރު 9449669 ފޯން އާއި ގުޅުއްވާ އިތުރު މައުލޫމާތު ސާފު ކުރެއްވޭނެ ކަމަށް ވެސް އޭނާ ހާމަކޮށްފައިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!