ޚަބަރު

އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެގެންދާނީ ޖަމަލު ފޮޑި އަކަށް: މަހުލޫފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެޓާނީ ޖެނެރަލް، އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެގެންދާނީ "ޖަމަލު ފޮޑި"އަކަށް ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ޗާގޯސް މައްސަލައިގައި އެކުގައި މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ، ޗާގޯސް މައްސަލައިގެ ހަޤީޤަތް އޮޅުވައިނުލުމަށް އެދިވަޑައިގެންފައެވެ.

"ހަޤީޤަތް އޮޅުވައިނުލާށެވެ. ޗާގޯސް މައްސަލައިގަ ރާއްޖެއަށް ލިބުނީ ބޮޑު ކާމިޔާބެއް، ލިބުނީ ބޮޑު ބައެއް. މޮރިޝަސްގެ މައްޗަށް ގަދަވީ މިކުޑަކުޑަ ދިވެހިރާއްޖެ."

މަހުލޫފު އިތުރަށް ވިދާޅުވީ، އޭޖީގެ ކަރުގައި، ހަޤީގަތުގައި އަޅުވަންވީ، މާފައްޗެއް ކަމުގައެވެ.

"ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނެތި، މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަކީ ޗާގޯސް މައްސަލައިގަ ކުޅެނީ ޑްރާމާއެއްކަން އިތުރަށް ރައްޔިތުންނަށް ޔަޤީންވާކަމެއް"

އޭނާ އިތުރަށް ވިދާޅުވީ، މިއަދު ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައެކޭ ޖަމަލު ފޮޑިއެކޭ ތަފާތެއް ނެތް ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ވިދާޅުވީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މަސައްކަތް ހުށަހަޅާފައިވާ ކަމަށެވެ. މީގެއިތުރުން، އިތުރު ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގައި ބުނެފައިވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 10 މެންބަރުންގެ ސޮޔާ އެކުގައެވެ.

އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކިތައް މެންބަރުން ސޮއި ކުރެއްވިތޯ ސުވާލު ކުރުމުން، ސަލީމް ވިދާޅުވީ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ޤަވައިދުގައި ބުނާ އަދަދަށް ސޮއި ހަމަކޮށްފައި ކަމަށެވެ. އެހެންނަމަވެސް ސީދާ އަދަދެއް ވިދާޅެއްނުވެއެވެ.

 

Ads by Allied Insurance
  1. އައްމަޑޭ

    ޖަމަލު ފޮޑިއަށޭ! އެއީ ކޯޗެއް؟
    ޖަމަލު ފޮޑިޖެހީމަ ވާގޮތްވެސް ލިޔެލިނަމަ ދޯ ކިޔާމީހުންނަށް އެނގޭނީ؟
    ދިވެހި ބަހުން ވާހަކަ ދެއްކިޔަސް ތިޔަކަހަލަ ފޮޑިޖެހުމުގެ މާނައެއް ނޭނގޭތީ މިހެން މިބުނެލީ

  2. ނާޅި

    2008 ކުން ފެށިގެން ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯޜުން އެކި ބަތަލާއިން ނާއި އެކްޓަރުން ލައިގެން އެކި ކުދުވަސްވަރު އެކި ކުލަ މަންޒަރު ޖައްސައިގެން މިރާއްޖޭގައި ކުޅެމުންދާ މިފިލްމު ބޮޑް ސްކިރީނުގައި އަޅުވަނީ ކޮންއިރަކުބާ !