މެދުއިރުމަތި ދުނިޔެ

ފަލަސްތީނުގެ މަޝްރަހް: މިހާތަނަށް 30 މީހުން ޝަހީދުކޮށްލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ އަންގާރަ ދުވަހުންފެށިގެން އިސްރާއީލުން ހުއްޓުމެއްނެތި ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by Sosun Fihaara

އިސްރާއިލުން ފަލަސްތީނަށް ފޮނުވާލި ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން އަދި އިސްލާމިކް ޖިހާދުގެ ލީޑަރުން ހިމެނޭއިރު، ފަލަސްތީނުން ރައްދުގައި ދިން ރޮކެޓް ހަމަލާތަކުގައި އިސްރާއީލުގައި އެކަކު ވަނީ މަރުވެފައެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިންނާއި ތިން އަންހެނުންގެ އިތުރުން ފަލަސްތީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) ގެ ރޮކެޓް ފޯސްގެ ވެރިޔާ އާއި އޭނާގެ ޑެޕިއުޓީ ވެސް ހިމެނެއެވެ. މިހަމަލާތަކުގައި ޒަހަމްވީ މީހުންގެ އަދަދު ވަނީ 90 އަށް ވުރެ މައްޗައްގޮސްފައެވެ.

ފަލަސްތީނު އިސްލާމިކް ޖިހާދު ހަރަކާތުން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވައިގެ ހަމަލާތަކުގައި އެ ޖަމާއަތުގެ ތިން ލީޑަރުން ޝަހީދުވެފައިވާ ކަމަށެވެ. ޝަހީދުވެފައިވަނީ ޖިހާދު އަލް ގަންނަމް އާއި ޚަލީލް އަލް ބަހްތީނީ ގެ އިތުރުން ތާރިގު އިއްޒު އަލްދީން އެވެ.

ފޭރިގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގަނެގެން އުޅޭ އިސްރާއިލުގެ މީހުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ދަނީ މެދުކެނޑުމެއްނެތި އަނިޔާއާއި ދުއްތުރާކުރަމުންކަން ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!