ޚަބަރު ދުނިޔެ

ތޫފާާން މޮކާ އަރައި، ބަންގްލަދޭޝްއާ މިޔަންމާއަށް ގެއްލުންތަކެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކެޓެގަރީ ފަހެއްގެ ބާރުގަދަ ތޫފާން "މޯކާ" ބަންގްލަދޭޝާއި މިޔަންމާގެ ސަރަޙައްދުތަކަށް އަރައިފިއެވެ.

Ads by Sosun Fihaara
Ads by Sosun Fihaara

ތޫފާނުގެ ސަބަބުން ދެ ޤައުމަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޔަންމާގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ތޫފާން އަރައި މިހައިތަނަށް ހިނގާފައިވާ އެކި ހާދިސާތަކުގައި ތިން މީހުން ވަނީ މަރުވެފައެވެ. އިތުރު މީހުން މަރުވެފައިވުން ވެސް އެކަށީގެންވެއެވެ.

އެ ދެ ޤައުމާ ދިމާލަށް ތޫފާން މޯކާ ދަތުރުފެށުމާ އެކު އެ ޤައުމުތަކުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ބައިލައްކައެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.

ބަންގްލަދޭޝްއަށް ވެސް މި ތޫފާނުގެ ސަބަބުން، ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން ގިނަ އިމާރާތްތަކެއްގެ ފުރާޅު އެއްލައިލައި، ކަރަންޓާއި، މުއާސަލާތީ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫ އަރައިފައެވެ.

120 މޭލުގެ ބާރު މިނުގައި، މި ތޫފާނުގައި ވައި ޖެހެމުން އަންނައިރު، ޚަައްސަކޮށް ބަންގްލަދޭޝްގެ ކޮކްސް ބާޒާރަށް ތޫފަން އަރާފާނެތީ އެ ޤައުމުގެ އޮފިޝަލުން ދަނީ ތައްޔާރުވަމުންނެވެ.

ކޮކްސް ބާޒާރުގައި، ރެފިއުޖީން ހިމެނޭހެން މިލިއަނެއްހާ މީހުން ދިރިއުޅެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!