ޚަބަރު

އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް, އެމްޑީޕީން ވަކިކޮށްފިއެވެ.

Ads by Hajj Corporation

އޭނާ އެމްޑީޕީން ވަކިކޮށްފައިވަނީ ސަރުކާރުގެ ބަންޑާރަ ނައިބު ވަކިކުރަން, މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސޮއިކޮށްފައިވާތީއެވެ.

އާޒިމް ގެންދަވަނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގައި ވަރަށް އިސް ސަފެއްގައި ހަރަކާތްތެރިވަމުންނެވެ. މިގޮތުން ރައީސް ސޯލިޙްގެ ސަރުކާރުގެ ގިނަ ނިންމުންތަކަކަށް ދަނީ ފާޑު ކިޔަމުންނެވެ. އަދި ރޭ އިދިކޮޅު ފަރާތްތަކާއެކު އާޒިމް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނަވާފައެވެ.

އާޒިމް ވަކިކުރަން ނިންމިކަން ޕާޓީން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަަމަވެސް މިއަދު ހަވީރު އެކަމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި, އާޒިމް ޕާޓީން ވަކިކުރަން ވަނީ ނިންމާފައެވެ.

އާޒިމް ވަނީ މިދައުރުގައި އެމްޑީޕީގެ ޕީޖީގެ ލީޑަރުކަން ކުރައްވާފައެވެ. ޑީއާރުޕީގައި ހުންނެވުމަށްފަހު އެމްޑީޕީއާ އާޒިމް ގުޅިވަޑައިގަތީ 2013 ވަނަ އަހަރުއެވެ.

Ads by Allied Insurance
  1. ދިރޭލާލު

    ފުރަތަމަ ވަކިކުރަންވީ އަންނިއޭ އެ ކިޔާ ކަލޭގެ…އޭރުން ހުންނާނީ ތިޔަ ދިރުވަން އުޅޭ މަހެއް ދިރިފަ.