ޚަބަރު

ޒުވާނުންގެ މަރުކަޒަށް ބާރުބޮޑުވެ ވެކްސިންދޭ ވަގުތު ކުރުކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާފަންނު އިޖުތިމާއީ މަރުކަޒަށް ބާރުބޮޑުވެ ވެކްސިންދޭ ވަގުތު އެޗްއޯއީސީއިން ކުރު ކޮށްފިއެވެ.

Ads by MWSC

އެޗްއޯއީސީން މިއަދު އެންގި އެންގުމެއްގައި ވަނީ ކޮވިޑް-19 ވެކްސިން ޖެހުމަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާ ކޮށްފައެވެ. ނަމަވެސް ރާއްޖެއިން މި ބަލީގެ ބިރުވެރިކަން މުޅިން ފިލައި ގޮސްފައި ނުވާތީ އެންމެން އެއްތަނެެއްގައި އެއްވެ އުޅުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ވެކްސިން ދިނުމަށް އިޖުތިމާއީ މަރުކަޒު ހުޅުވާފައި ހުންނަ ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެޗްއީއޯސީ އިން އެންގި އެންގުމުގައި އިތުރަށް ބުނެފައި ވަނީ މީގެ ފަހުން އިޖުތިމާއީ މަރުކަޒު ހުޅުވާފައި ބެހެއްޓޭނީ މެންދުރުފަހު 2:30އާ ހަމައަށް ކަމަށެވެ. އަދި އެވަގުތުތަކުގައި ވެސް ވީހާ ވެސް މަދު މީހުން އެއްފަހަރާ ގެނެސް ގައިދުރުކަން ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް އެ އިދާރާއިން ދޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!