Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަފްޝަން ނެތްކަމުގެ އިހްސާސް އެލްޖީއޭއިން ކުރާނެ:ނިމާލް

އަފްޝަން ނެތްކަމުގެ އިހްސާސް އެލްޖީއޭއިން ކުރާނެ:ނިމާލް

ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް އިސްތިއުފާ ދެއްވައި އެ މަޤާމުން ވަކިވުމާ އެކު އެ ކަމަނާ ނެތްކަމުގެ އިހްސާސް އެ އޮތޯރިޓީން ކުރާނެކަމުގައި އެ އޮތޯރިޓީގެ މެންބަރު އަދި މާލެ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރުގެ އަނބިކަނބަލުން އަފްޝަން ލަތީފް ވަނީ އާއިލާއަށާއި އަމިއްލަ ބައެއް ކަންކަމަށް ވަގުތު ދިނުމުގެ ގޮތުން މަޤާމުން ދުރުވުމަށް އިސްތިޢުފާގެ ސިޓީ ހުށަހަޅުއްވައި އެކަން ހާމަކުރައްވައިފައެވެ. އަދި މި ހަފްތާގެ ބުރާސްފަތި ދުވަހަކީ އެކަމަނާ އޮފީހަށް ނިކުންނަވާނެ އެންމެ ފަހު ދުވަސްކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އަފްޝަން މަޤާމުން ވަކިވުމާ އެކު އެކަމާ ގުޅިގެން ނިމާލު ކުރެއްވި ޓްވީޓެއްގައި އަފްޝަންއަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވައިފައި ވެއެވެ. އެ ގޮތުން ނިމާލް ވިދާޅުވީ އަފްޝަންއަކީ ޤާބިލް އަދި ހުރިހައި ފިކުރެއް ގޮވައިގެން މުވައްޒަފުންނަށް ރަނގަޅު ގޮތް ހޯއްދަވައި ދެއްވުމަށް ކެނޑިނޭޅި މަސަައްކަތް ކުރެއްވި ބޭކަނބަލެއް ކަމަށާއި އެލްޖީއޭއަށް ގެއްލިގެން އެ ދިޔައީ އެ އިދާރާއަށް މުހިންމު ބޭކަނބަލެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/nimalkokaa/status/1658110639276175361?s=48&t=z7MBE37KMirRE4NnEAtRXw

"ފެނިގެން ދިޔައީ ވަރުބަލިކަމެއް ނެތި ކުރެއްވި ބުރަ މަސައްކަތް ،ނެތްކަމުގެ އުނިކަން އިހްސާސް ވާނެ، ކުރިމަގުގައި ކާމިޔާބީއަށް އެދެން" ނިމާލް ވިދާޅުވެފައި ވެއެވެ.

އަފްޝަން އެލްޖީއޭގެ ސީއީއޯކަމަށް އައްޔަންކުރެއްވީ 2020ވަނަ އަހަރުގެ ޖޫންމަހުގައެވެ. އޭގެ ކުރިން އެ ކަމަނާ ހުންނެވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް