ދުބާއީގެ ވަލީއަޙުދުގެ ކާރުގައި ދޫންޏެއް ހާލި ހެދުމުން އެ ދޫންޏަށް އުނދަގޫ ނުކުރުމަށް ނިންމައިފި

ދޫންޏެއް މީހެއްގެ ގެއެއްގައި ނުވަތަ މީހެއްގެ މުދަލެއްގައި ހާލި ހަދައި ބިސް އަޅައިފިނަމަ އެ ދޫންޏަށް އުނދަގޫ ނުކުރުމަކީ ގިނަ ބަޔަކު ގަބޫލުކުރާ ގާނޫނެކެވެ.
ހިތްހެޔޮކަން އިސްކޮށް މި ގާނޫނަށް އަމަލު ކުރި ކަމަށް ޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ދަނީ ދުބާއީގެ ވަލީއަޙުދު ހަމްދާން ބިން މުހައްމަދުބިން ރާޝިދް އަލް މަކްތޫމް އަށް ތައުރީފް ކުރަމުންނެވެ.
ދުބާއީގެ ވަލީއަޙުދު ވަނީ އޭނާގެ ކާރުގައި ދޫނިތަކެއް ހާލި ހަދައި ބިސް އެޅުމުން އޭނާގެ ކާރު ބޭނުން ކުރުމަށް ދެކޮޅު ހައްދަވާފައެވެ. އެ ދޫނި ތައް ވަނީ ވަލީއަޙުދުގެ ކާރުގެ މަތީގައި ހާލި ހަދައި ބިސް ވެސް އަޅާފައެވެ.
ދުބާއީގެ ވަލީއަޙުދު ހަމަ އެކަނި ކާރު ބޭނުން ކުރެއްވުން ހުއްޓާލެއްވީއެއް ނޫނެވެ. އެ ދޫނިތަކަށް އުނދަގޫ ނުވާނެ ކަން ޔަގީން ކުރުމަށް ޓަކައި އެމަނިކުފާނުވަނީ ކާރުގެ ވަށައިގެން ރަތް ކުލައިގެ ޓޭޕެއް ވެސް ދަމައިފައެވެ.
ވަލީއަޙުދު ވަނީ އިންސްޓަގްރާމްގައި މި ދޫނިތަސް ބިސްއަޅާ ތަން ދައްކުވައިދޭ “ޓައިމްލެޕްސް” ވީޑިއޯ އެއް ވެސް ހިއްސާ ކޮށްފައެވެ. އަދި މި ވީޑިއޯގައި މިދޫނިތައް އެ ދޫނިތަކުގެ ދަރިންނަށް ކާންދޭ ތަން ވެސް ދައްކުވައިދެއެވެ.
“ބައެއް ފަހަރަށް ދިރިއުޅުމުގައި ހިނގާ ކުދިކުދި ކަންކަން ވެސް މާބޮޑަށް ފުދޭ” ދުބާއީގެ ވަލީއަޙުދު އިންސްޓަގްރާމް އަށް މި ވީޑިއޯ ހިއްސާކޮށް ލިޔެފައިވެއެވެ.
މި ވީޑިއޯ އަށް ގިނަ ބަޔަކު ވަނީ ކޮމެންޓު ކޮށް ދުބާއީގެ ވަލީއަޙުދަށް ތައުރީފް ކޮށްފައިކަން ފާހަގަ ކުރެވެއެވެ.
ހުރިހާ މުސްލިމުން މަރާ ހުސްކުރާއިރު ތިޔަބުނާ އޯގާތެރިކަން ކޮބާބާ. ބޯ.ހަލާކު ޒާތު ވާހަކަ