ވިޔަފާރި

ސުޕަނެޓް ގޭމަރ ޕެކް: 50 ރުފިޔާއަށް 50 ޖީބީ ޑޭޓާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސުޕަނެޓް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން އުރީދޫން ސުޕަނެޓް ގޭމަރ ޕެކް ތައާރަފްކޮށްފިއެވެ.

Ads by STELCO

އުރީދޫ މޯލްޑިވްސް ސުޕަނެޓް ގޭމަރ ޕެކް އަކީ ހުރިހާ ގޭމަރުންނަށް ވެސް އެންމެ ފުރިހަމަ ޑޭޓާ ޕެކެކެވެ. ސުޕަނެޓް ގޭމިން ޕެކްގައި ދެ އޮޕްޝަން ލިބެއެެވެ. އެއީ 50 ރުފިޔާގެ ޕެކް، 1 ދުވަހަށް 50 ޖީބީ ޑޭޓާ އަދި 100 ރުފިޔާގެ ޕެކް، 3 ދުވަސް ވަންދެން 100 ޖީބީއެވެ.

އުރީދޫން ބުނީ، ގޭމު ކުޅޭ ފަރާތްތަކަށް ހާއްސަ މި އޮފާއަކީ ލައިވް ސްޓްރީމް ކޮށް އަދި ގޭމް އަޕްޑޭޓްކޮށް ސޮފްޓްވެއާ އަޕްޑޭޓް ކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު އޮފާއެއް ކަމަށެވެ.

އުރީދޫން އިތުރަށް ބުނީ އެފަރާތުން އަބަދުވެސް ކަސްޓަމަރުންގެ ތަފާތު ބޭނުންތައް ދެނެގަންނަން މަސައްކަތް ކުރާ ކަމަށާއި މިގޮތުން މި ޕެކޭޖަކީ ގޭމަރުންގެ ޑިމާންޑާއި އެއްގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖްތަކެއް ކަމަށެވެ. އަދި ގޭމް ކުޅޭ މީހުންނަކީ އުރީދޫގެ ކަސްޓަމަރުންގެ ބޭސްގެ ވަރަށް ބޮޑު ބައެއްކަން ފާހަގަކޮށް, ގޭމް ކުޅޭ މީހުންނަށް ގޭމް ކުޅުމުގައި ކަނެކްޓިވިޓީ އާއި އެކަށީގެންވާ ޑޭޓާ ލިއްބައިދިނުމަށް އުފެއްދި ޕެޖޭކެއް ކަމަށް އުރީދޫން މައުލޫމާތު ދެއެވެ..

ސުޕަނެޓް ގޭމަރ ޕެކް އެކްޓިވޭޓް ކުރުމަށް : ore.do/gamer100

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!