ޚަބަރު

އަޅުގަނޑުމެން މަސައްކަތް ކުރަނީ، ފިތުނަ ދިރުވާކަށްކަށް ނޫން: ފައްޔާޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި ސަރުކާރުން މަސައްކަތް ކުރަނީ ފިތުނަ ދިރުވަން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު ފައްޔާޒު މިފަދައިން ވިދާޅުވީ، އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރަން ފެށުމުގެ ރަސްމިއްޔާތުގައެވެ. މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ތަރައްޤީގެ އިންޖީނަކީ ފިތުނައެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަނީ، ކުރަމުން އަންނަ ދުއްތުރާތަކަށް ވެސް ބެލުމެއް ނެތި ކަމަށެވެ. ފައްޔާޒު އެ އިޝާރާާތް ކުރެއްވީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާ ވަކިވެ، އައު ސިޔާސީ ޕާޓީ، "ދަ ޑިމޮކްރެޓްސް" އުފައްދަން މަސައްކަތް ކުރަމުން އަންނަ ފެކްޝަނަށެވެ.

ފައްޔާޒު ވިދާޅުވީ، ރައީސް ޞާލިޙު ކުރައްވާ މަސައްކަތަކީ އައްޑޫގައި އައު އައްޑޫއެއް ބިނާކުރުމުގެ މަސައްކަތް ކަމަށާއި އެއީ އައްޑޫ ރައްޔިތުން މިއޮތްހާ ޒަމާނުގައި އުއްމީދު ކުރި އަދި ހުވަފެނުން ފެނުނު އައްޑުއަށް ގެންދިޔުމަށްޓަކާ ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ ތި ބޭފުޅުންނަށް ހުވަފެނުން ފެނުނު އާ އައްޑޫ، އައްޑޫގައި ބިނާވެގެންދާތަން." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން އައްޑޫގައި ތަފާތު އެކި މަޝްރޫޢުތައް ކުރިއަށް ގެންދާތީ ވަރަށް ބޮޑަށް އެކަމާ ކަންބޮޑުވެގެން މީހުން ވާހަކަދައްކަމުންދާ ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ، އައްޑުއާ މުޅި ރާއްޖޭގެ ތަރައްޤީގެ ޗެމްޕިއަން، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށެވެ.

 

 

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!