ޚަބަރު

ދުންޔާ ރައީސް ޞާލިޙަށް: 7000 އެނދު ބެހެއްޓިޔަސް އައްޑޫގެ ޒުވާނުންނަށް ވަޒީފާ ނުލިބެންޏާ ތިއުންމީދުތައް ހުންނާނީ އެނދުމަތި ވެފަ

ރައުފާ ރަޝީދު ، ދެން އޮންލައިން
ދުންޔާ މައުމޫން: ފޮޓޯ ދެން އިމޭޖަސް

އައްޑޫގައި މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިމުމުން 7،000 ފަތުރުވެރިކަމުގެ އެނދު އޮޕަރޭޓްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް މަރަދޫ ހިއްކި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ހަންކެޑެ މަޝްރޫއުއިން އައްޑޫގެ އެހެން ރަށްތަކަށް 600 އެނދު އިތުރުވާނެ ކަމަށެވެ.

އަދި މިއީ ޖުމްލަ 2،682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް ކަމަށާއި މަޝްރޫއުތައް ނިމުމުން ޖުމްލަ 7،000 ޓޫރިސްޓު އެނދު އައްޑޫގައި އޮޕަރޭޓް ވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ދުންޔާ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙަށް އުންމީދުގެ ހުޅުކޮޅު ރޯކުރަންޖެހޭކަން ވިސްނުނީ ވެރިކަމާހަވާލުވިތާ 1676 ދުވަސްފަހުން ކަމަށެވެ. އެކަމަކު ކަނޑުންބައެއް މޮރިޝަސްއަށް ދޭންނިންމީ އެންމެދުވަހަކުން ކަމަށާއި އިސްކަންދެނީ ކޮންކަމަކަށްތޯ ދުންޔާ ވަނީ ސުވާލުކޮށްފައެވެ.

“‏7000 އެނދު ބެހެއްޓިޔަސް އައްޑޫގެ ޒުވާނުންނަށް ވަޒީފާނުލިބެންޏާ ތިއުންމީދުތައް ހުންނާނީ އެނދުމަތި ވެފަ” ދުންޔާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!