ބޮލީވުޑް މުނިފޫހިފިލުވުން

މީރާއާ އެކު ދިރިއުޅެން ފެށިއިރު ގޭގައި އިނީ ދެ ސަމްސަލާ އެންމެ ތައްޓެއް: ޝާހިދު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖުޕޫތު

ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރު އޭނާގެ އަންހެނުން މީރާ ރާޖުޕޫތާއިއެކު ދިރިއުޅެން ފެށިއިރު، ގޭގައި އިނީ ދެ ސަމްސަލާއި އެންމެ ތައްޓެއް ކަމަށް ބުނެފިއެވެ.

Ads by Sosun Fihaara

ޝާހިދު އާއި މީރާ އެކީގައި ދިރިއުޅެން ފެށީ 2015 ވަނަ އަހަރު ދެމީހުން ކައިވެނި ކުރުމަށްފަހުއެވެ. ޝާހިދު ބުނީ މީރާ އެންމެ ފުރަތަމަ ގެއަށް ބަދަލުވެ ވަރަށް ގިނައިން ޝަކުވާ ކުރި ކަމަށެވެ.

އެގޮތުން ގޭގައި ދެ ސަމްސަލާއި ތައްޓެއް ހުރެގެން ދިރިއުޅޭނެ ގޮތެއް ނުވިސްނޭ ކަމަށް މީރާ ބުނިކަމަށް ވެއެވެ.

ޝާހިދު ބުނީ މީރާއާއި ކައިވެނިކޮށް ދެމީހުން ދިރިއުޅެން ފެށި ފަހުން ގެއަށް ބޭނުންވާ ހުރިހައި އެއްޗެއް ހޯދީ މީރާ ކަމަށެވެ. އަދި ގޭގެ އިންޓީރިއާވެސް ބަދަލު ކުރީ މީރާ ބޭނުންވާ ގޮތަށްކަމަށް ޝާހިދު ބުންޏެވެ.

ކައިވެނީގެ ކުރިން ޝާހިދު ދިރިއުޅުނީ އެކަންޏެވެ. އެހެންވެ ގޭގައި މާ ގިނަ ސާމާނެއް ނުހުރެއެވެ.

2015 ވަނަ އަހަރު ކައިވެނީގެ ގޮތުން ގުޅުނު ޝާހިދާއި މީރާ އެކީގައި ދިރިއުޅެމުން އަންނަތާ މިއަހަރުގެ ޖުލައި މަހު 8 އަހަރު ވާނެއެވެ. މި ދެމަފިރިންގެ ދެކުދިންވެސް މިހާރު ހުރެއެވެ.

ޝާހިދު މީރާއަށްވުރެއް 14 އަހަރު ދޮށްޓެވެ. މީރާ ޝާހިދުއާއި ކައިވެނި ކުރިއިރު އުމުރަކީ އެންމެ 20 އަހަރެވެ. ކައިވެންޏަށްފަހު މީރާ ވަނީ އިންޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ. މީރާއަކީ ޔޫޓިއުބު ވީޑިއޯ އުފައްދާ މީހެކެވެ.

Ads by Allied Insurance
  1. ޮމީހެއް

    މިހާރު އެހެންވީމަ 4 ސަމްސަލާ 2 ތަށި އިންނާނެތާ