Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
އޭޝިއާ

އިންޑިއާ ރެއިލްވޭ އެކްސިޑެންޓް: ރުއިމާ ކެޅުޅުމުގެ ތެރެއިން އިންތިޒާރުކުރަނީ ލޯބިވާ މީހުންގެ ހަށިތަކަށް

އިންޑިއާ ރެއިލްވޭ އެކްސިޑެންޓް: ރުއިމާ ކެޅުޅުމުގެ ތެރެއިން އިންތިޒާރުކުރަނީ ލޯބިވާ މީހުންގެ ހަށިތަކަށް

ފަހުގެ ތާރީޚެއްގައި، އިންޑިއާގައި، ތިން ރޭލު ޖެހި ހިނގައިދިޔަ، އެންމެ ނުރައްކާތެރި ރެއިލްވޭ އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 275އަށް ވަނީ އަރައިފައެވެ.

އެ ސަރަހައްދުން ފެނިގެން ދަނީ ހިތްދަތި މަންޒަރުތަކެކެވެ.

މަރުވި މީހުންގެ ޢާއިލާތަކުން ވަނީ ގާތްތިމާގެ މީހުންގެ ހަށިތައް ދެނެގަނެ، ހަށިތައް ހޯދުމަށް ބުބުނޭޝްވަރު ސިޓީގެ ހޮސްޕިޓަލު ފުރައިލައިފައެވެ. އެ ހޮސްޕިޓަލުގައި ރުއިމާއި ވޭނުގެ އަޑު ގުގުމާލާފައިވާއިރު، މަރުވި މީހުންގެ ތެރެއިން 45 މީހެއްގެ ހަށިގަނޑު ވަނީ ދެނެގަނެވިފައެވެ.

Advertisement
Ooredoo — Truecaller (box)

އޭގެ ތެރެއިން 33 މީހުންގެ ހަށިގަނޑު މިހާރުވަނީ ޢާއިލާތަކާއި ޙަވާލުކޮށްފައެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ، ސަބަބަކީ ނުބައި ސިގްނަލެއް ދެވުން ކަމަށް ވެދާނެ ކަމަށް އިންޑިއާގެ ރެއިލްވޭ މިނިސްޓަރު އަޝްވިނީ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އަޝްވިނީ ވައިޝްނައު ވިދާޅުވީ އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިނގި ނުރައްކާތެރި މިއެކްސިޑެންޓުގައި ތިން ރޭލު ހަލާކުވެފައިވާކަމަށާއި، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި މީހުން ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް