Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އޭޝިއާ

ފާއިތުވީ 200 އަހަރުތެރޭގައި ދެކުނު އޭޝިއާއަށް އެންމެ ހޫނުވީ މިދިޔަ އޭޕްރީލް މަހު!

ފާއިތުވީ 200 އަހަރުތެރޭގައި ދެކުނު އޭޝިއާއަށް އެންމެ ހޫނުވީ މިދިޔަ އޭޕްރީލް މަހު!

އޭޕްރީލް މަހު އުފެދުނު ހޫނު ގަދަވުމަކީ އިންސާނުންގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި ނުލައި 200 އަހަރުން އެއް ފަހަރު ދިމާވާ ހާދިސާއެއް ކަމަށް ވޯލްޑް ވެދަރ އެޓްރިބިއުޝަން (ޑަބްލިއުޑަބްލިއުއޭ) އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

މި ރިޕޯޓުގައި ހާމަކޮށްފައިވާގޮތުގައި އޭޕްރީލް މަހު ލާއޯސްއާއި ވިއެޓްނާމަށް 46.4 ޑިގްރީ ސެލްސިިއަށް އަށް ހޫނުމިން ވަނީ މައްޗައް ގޮސްފައެވެ. އަދި ތައިިިލޭންޑާއި މިޔަންމާއަށް 43.7 ޑިގްރީ އަށް ހޫނުމިން މައްޗައް ގޮސްފައިވެއެވެ. މީގެ އިތުރުން މެލޭޝިޔާއަށް 40 ޑިިިގްރީއަށް ހޫނުމިން ވަނީ މައްޗައް ގޮސްފައެވެ.

އޭޕްރީލް މަހު ރާއްޖެއަށް ވެސް ހޫނުމިން ވަނީ ވަރަށް މައްޗަށް ގޮސްފައެވެ. މިގޮތުން ބައެއް ދުވަސް ދުވަހު 43 ޑިިގްރީއަށް ރާއްޖޭގެ އެކިި ހިސާބުތަކަށްވަނީ ހޫނުމިިން އިިހުސާސް ކުރެވިފައިިކަމަށް ރާއްޖޭގެމޫސުމާ ބެހޭ ގައުމީ އިިދާރާއިިން ވަނީ ހާމަކޮށްފައެވެ.

Advertisement
Allied — Dhen Online (box)

ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން ބުނެފައިވާގޮތުގައި ދުނިިޔޭގެ ހޫނުމިން މަތިވުމުގައިި އެންމެ އިސްދައުރެއް އަދާކުރަނީ އިިިންސާނުންގެ ނޭދެވޭ ޢަމަލުތަކެވެ. އެހެންކަމުން މިކަންކަން މަދުކުރުމަށް އެކިި ގައުމުތަކުން ދަނީ މަސައްކަތް ކުރަމުން ނަމަވެސް އަދިި އެދެވޭ ނަތީޖާއެއް ވަނީ ނުފެނިިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް