އަމީނީ މަގުގައި އެންމެ ފަހުން ތާރުއެޅި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

އަމީނީ މަގުގައި އެންމެ ފަހުން ތާރުއެޅި ސަރަހައްދު އާންމުންނަށް ހުޅުވާލައިފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބުނީ ސްޓެލްކޯއާ ހިސާބުން ފެށިގެން، ކޮއިމަލާ ހިނގުމާ ހަމައަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އާރްޑީސީން ބުނީ އަމީނީ މަގުގެ ތާރު އެޅި ސަރަހައްދުގެ ޓްރެފިކް ނިޝާންތައް ކުރަހާ ނިމޭ ވަރަކުން އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.
އަމީނީ މަގުގެ ފުރަތަމަ ތިން ސެގްމެންޓްގައި ތާރު އަޅާފައިވަނީ އެމްޓީސީސީންނެވެ. އޭރު އާރުޑީސީން ބުނީ, ތާރު މެޝިން ބަހައްޓަން ޖާގަ ނުލިބިގެން އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރި ކަމަށެވެ.
އަމީނީ މަގުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.