ޚަބަރު

ކަނޑުމަތިން މަރުވެފައި އޮތް މީހެެއްގެ ހަށިގަނޑު ފެނިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެ ފޭސް 2، އެޗް 16 އާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ފެނިއްޖެއެވެ.

Ads by STELCO

ފުލުހުން ދެންމެ ވިދާޅުވީ 2023 ޖޫން 6 ވަނަ ދުވަހުގެ 17:56 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، އެޗް 16 އާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށާއި އެއީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާގެ ހަށިގަނޑު މިހާރުވަނީ ގަލޮޅު މޯޗަރީގައެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށާއި މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރ 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!