ޚަބަރު

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

"ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

Ads by Sosun Fihaara

މި ހުއްދަ އީސީން މިއަދު ދީފައިވަނީ ޑރ. މުހައްމަދު އާތިފްއެވެ. އާތިފް އަންނަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ސޯޝަލް މީޑިއާގައި ހާމަކުރަމުންނެވެ.

އާތިފް ވިދާޅުވީ އަލަށް އުފައްދާ ޕާޓީގެ އިސް ސަފުގައި ސިޔާސީ ފުންނާބު އުސް ބޭފުޅުން ނެތްކަމަވެސް ތައުލީމީ ބަޔަކު މިޕާޓީ އުފެއްދުމުގައި އިސް ރޯލެއް އަދާކުރާނެ ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

  1. ހިކިފިނި ވަސީ

    ނަފްސާނީ މައްސަލައަށް ބޭސްކުރުން ސިޔާސީ ޕާޓީހެދުމަށްވުރެ މުހިންމު